ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

18 އެކަޑަމީއާއެކު ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލް ފަށައިފި

TTH_Ads
STO_Ads
Advertisement

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތައް ފެށުމުގެގޮތުން ފުރަތަމަ ހަރަކާތަކަށް ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލް ފަށައިފިއެވެ.

މި ފެސްޓިވަލުގައި މާލެ ސަރަހައްދުގެ 18 އެކަޑަމީއަކުން 1500 އަށް ވުރެ ގިނަ ކުދިން ބައިވެރިވެއެވެ. މާފަންނު ޓާފްގައި ކުރިޔަށްދާ މި ފެސްޓިވަލު ފެށުމުގެ ގޮތުން ފުރަތަމަ ކުރިޔަށް ގެންދިޔައީ 8 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންގެ މެދުގައި ކުޅެވުނު ފުޓްބޯޅަ މެޗުތަކެކެވެ. ހޮނިހިރު ދުވަހުވެސް ގިނަ އަދަދެއްގެ ކުދިންނާއެކު މި ފެސްޓިވަލް ކުރިޔަށް ގެންދާނެއެވެ.

ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އެކަޑަމީތަކުގެ ކުދިން ވަނީ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލްގެ ތެރެއިން އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައެވެ. މިއީ އެކަޑަމީތަކަށް އަދި މި އުމުރުފުރާގެ ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް އާއިލާތަކާއެކު ފުޓްބޯޅައިގެ ތެރެއިން މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބިގެންދާ ފުރުސަތެކެވެ.

HajjCop_ads
Advertisement

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލްތައް ރާއްޖޭގެ އެކި ސަރަހައްދުގައި ބޭއްވުމަށް އެފްއޭއެމުން ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅުތެރޭގެ އެކަޑަމީތަކަށްވެސް މި ފުރުސަތު ފަހިކޮށްދީގެން އެކި ސަރަހައްދުތަކުގައިު މި ހަރަކާތްތައް ކުރިޔަށް ގެންދަން ނިންމާފައިވެއެވެ. ސުކޫލު ބަންދުތަކާއި ދިމާކޮށް 12 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންގެ މެދުގައި މި ފެސްޓިވަލްތައް އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދާނެ ކަމަށް އެފްއޭއެމުން ބުނެއެވެ.

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް އެފްއޭއެމުން ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. އެ ކޮމިޓީން ވަނީ މުޅި އަހަރުތެރޭ އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ.

ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅެން ފެށީ 1950 ވަނަ އަހަރެވެ. ޑައިމަންޑް ޖުބިލީ ހަރަކާތްތައް ކުރިޔަށް ގެންދާނީ 26 ޖުލައި 2025 ން 26 ޖުލައި 2026 އާއި ހަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެއްޗާއެކު ބ. މާޅޮހުން މީހަކު ހައްޔަރުކޮށްފި

އޭޑީީބީން ރާއްޖެއަށް 50 މިލިޔަން ޑޮލަރުގެ އެހީއެއް

އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި

ibrahim mohamed solih

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ