ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިނިވަން ގައުމެއްގެ ގޮތުގައި ދެމިތިބުމަށް ގައުމީ ވިސްނުން އިސްކުރަންޖެހޭ: ރައީސް

STO_Ads
TTH_Ads
Advertisement

ގައުމީ ވިސްނުން އިސްނުކޮށްފިނަމަ ރާއްޖެއަށް ލިބިފައިމިވާ މިނިވަން ގެއްލިގެން ހިނގައިދިއުމަކީ ދާދި ފަސޭހަކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީގައި މިނިވަންކަން ގެއްލުވާލުމަށް ނުވަތަ ގައުމުތައް އަޅުވެތިކުރަން ހަތިޔާރު ހިފައިގެން ދިޔަޔަސް، މި ޒަމާނުގައި އެކަން އެގޮތަށް ނުކުރާ ކަމަށެވެ. ރައީސް ވިދާޅުވީ ޓެކްނޮލޮޖީގެ މި ޒަމާނުގައި ގާފިލުވެ ތިއްބައި، ނޭނގުމެއްގެ ތެރޭގައި ތިއްބައި މިނިވަންކަން ގެއްލި ހިނގައިދާނެ ކަމަށެވެ.

“ކޮންމެ ދިވެހި ރައްޔިތެއްގެވެސް ފަހުރެއްކަމުގައި އަދި ޒިންމާއެއްކަމުގައި ދެކިވަޑައިގަންނަވާށޭ ތިމަންނާގެ ފަރާތުންވެސް މި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާއެއް އޮތްކަމާއި އެކަން ކުރެވޭނެކަމާއި ކުރަންޖެހޭނެކަން،” ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ކޮންމެ މީހަކަށް ތަމްރީނުތަކެއް ފޯރުކޮށްދީ ހަތިޔާރު ނުދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކާބަފައިން ގައުމުގެ ހައްގުގައިވި ގުރުބާނީތަކުގެ ވާހަކަތައް ތުއްތު ކުދިންނަށް ކިޔައިދީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ ހަމައެކަނި އިސްލާމްދީނަށް ތަބާވެގެން ތިބި ބައެއްކަން އަދި ދިވެހިންގެ އަތުގައި އޮތީ އެހެން އެއްވެސް ގައުމެއްގެ ނެތްފަދަ ހާއްސަ ސިފަތަކެއް ކަމަށެވެ.

އެއީ ދިވެހިންގެ ބަހާއި އެއް ނަސްލަކަށް ނިސްބަތްވުމާއި މިއީ އެއްބައިވަންތައް ބައެއްކަންވުންކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަންކަމަކީ ދާދި ފަސޭހައިން ގެއްލުވައިދެވިދާނެ ކަންތައްތަކެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ ބަޔަކު ކަނޑިއާއި ބަޑި ހިފައިގެން އައިސް ގެއްލުވައިލާނެ ކަންތައްތަކެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސޯދު ނައްތާލައި ނުވަތަ ބޮޑު އަނދަވަޅަކަށް ވައްޓާލައި ހުރިހާ މާނައެއްގައި ލިބިފައިވާ މިނިވަންކަން ނިގުޅައިގަތުމަކީ ދާދި ފަސޭހަކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިނިވަންކަން ގެއްލިގެން ދާނީ އެކަންކަމަށް ނުވިސްނައި ތިބެއްޖެނަމަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރެއްގައި ދިވެހީންގެ ބަޔަކު އެކަމުގެ އަޑީގައި ތިބިކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު މި ޒަމާނުގައިވެސް އެފަދަ ކަންކަން ކުރަނީ އަދި ކުރަމުންދާނީވެސް ހަމަ އެގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ގައުމީ ވިސްނުން އިސްކޮށްފިނަމަ މިނިވަންކަން ދިފާއު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“އެެހެންނަމަވެސް ކުރިން މިދެންނެވި ގޮތަށް އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރާނަމަ އެއީ ކޮންވާހަކައެއްތޯ، އަމިއްލަ މަސްލަހަތަށްވުރެ، އަމިއްލަ ބޭނުންތަކަށްވުރެ އިސްކުރަންވީ ގައުމު. ތިމަންނައަށް ގައުމުގެ ފަރާތުން އަދި ކަމެއް ނުކޮށްދެވިއޮތްކަމަށް ގަބޫލުކުރިޔަސް އެކަމަކާ ކޮންބޮޑުބުވެ ގައުމަށް އަބަދާއިއަބަދު ކޮންމެވެސް ކަމެއް. އެ ކުރިމަތިވާ ކަމެއްގައި، ގައުމު އިސްކޮށްގެން ކުރިއަށްދިއުމުގެ އަޒުމު އެއީ ގައުމާ އެއްކޮޅަށް ވިސްނުން ބެހެއްޓުމަކީ،” ރައީސް ވިދާޅުވިއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

އޭޑީއެޗްޑީ ބަލި މީހުންނަށް ބޭނުންވާ ބޭހަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ބޭހުގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ހަމަޖައްސަވައިފި

raees Muiz

ހުރިހާ ސިޓީއެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

raees muiz

އޮޕަރޭޝަން ކުރަނގިއަކީ ބިދޭސީ މަސައްކަތްތެރިންގެ ޙައްގުތައް ހިމާޔަތްކުރާ އޮޕަރޭޝަނެއް: ރައީސް

muiz

އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް: ރައީސް