މާލޭގެ އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އަނިޔާވި ހަ މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ވެއްޖެއެވެ.

ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު 3:44 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ހަ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހީންނާއި ދެ ބިދޭސީންނެވެ. އަނިޔާވި އެކެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

އިޝްތިހާރު އިޝްތިހާރު

ހާލު ސީރިއަސްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ކޮޅުވެއްޓިން ޖުމްލަ 14 މީހުން ދަތުރުކުރި ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މިފަދަ ހާދިސާތައް ހިނގުން ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. މިފަދަ ހާދިސާތަކުގައި މި އަަހަރު ބައެއް މީހުން ވަނީ މަރުވެފައެވެ.