ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޮނަދޫ، ނިލަންދޫ އަދި ފުވައްމުލަކުގެ ހޮސްޕިޓަލް މަޝްރޫޢުއަށް ކޮންސަލްޓަންޓެއް ހޯދަނީ

finance
STO_Ads
TTH_Ads
Advertisement

ފުވައްމުލަކާއި، ލ.ފޮނަދޫ އަދި ފ.ނިލަންދޫގައި ހުންނަ ހޮސްޕިޓަލްތަކުގެ އައު އިމާރާތްތައް ތަރައްޤީކުރުމަށް، އެ މަސައްކަތް ޑިޒައިންކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.

މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ އެހީގައި ހިންގަމުންދާ “ހެލްތް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް”ގެ ދަށުންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރަނީ ޏ.އަތޮޅު ހޮސްޕިޓަލް (ފުވައްމުލައް)، ގަމު ރީޖަނަލް ހޮސްޕިޓަލް (ފޮނަދޫ/ގަން) އަދި ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލެވެ. މި މަސައްކަތަށް ހޯދާ ކޮންސަލްޓަންޓުންގެ ޒިންމާތަކުގެ ތެރޭގައި ސަރވޭ ހެދުމާއި، ފުރަތަމަ މަރުޙަލާގެ ކުރެހުންތައް ތައްޔާރުކުރުމާއި، ބީލަމަށް ހުޅުވާލުމުގެ ލިޔެކިޔުންތައް ތައްޔާރުކުރުން ހިމެނެއެވެ. މީގެ އިތުރުން ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލާ ރިޕޯޓް (އީއައިއޭ) ތައްޔާރުކުރުމާއި، ޑީޓެއިލް ޑިޒައިން ރިވިއުކުރުމުގެ މަސައްކަތްތައް ވެސް ކޮންސަލްޓަންޓުން ކުރިއަށްގެންދާނެއެވެ.

HajjCop_ads
Advertisement

މި މަސައްކަތަށް ކޮންސަލްޓަންޓެއް ހޮވާނީ ސައުދީ ފަންޑްގެ ގައިޑްލައިންތަކާ އެއްގޮތަށެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ޝަޢުގުވެރިކަން ފާޅުކުރުމުގެ އެންމެ ފަހު ތާރީޚަކީ ޑިސެމްބަރު 4 ވަނަ ދުވަހުގެ 14:00 އެވެ.

މި މަޝްރޫޢުތައް ކުރިއަށްގެންދަނީ ސަރުކާރުން ސިއްޙީ ދާއިރާގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް އިސްކަންދެމުންދާ ދަނޑިވަޅެއްގައެވެ.

އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވާފައެވެ. އަދި ސެޕްޓެމްބަރު މަހު ފ.ނިލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގައި 50 އެނދުގެ ފުލްފްލެޖް ހޮސްޕިޓަލެއް ސައުދީ ފަންޑްގެ އެހީގައި ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. ނިލަންދޫއަކީ ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ ރަށެކެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެއް ދާއިރާއަކުން އެންމެ ބޮޑު ޚަރަދެއް ކުރުމަށް ސަރުކާރުން ހިމަނާފައިވަނީ ސިއްޙީ ދާއިރާއިންނެވެ. އެގޮތުން ސިއްޙީ ދާއިރާއަށް ޖުމްލަ 8.8 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ހޮސްޕިޓަލާއި ސިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް 430.4 މިލިޔަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ. މި މަޝްރޫޢުތައް ކުރިއަށްދާނީ މި ބޮޑު ބަޖެޓުގެ ދަށުން ސިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމަށް ސަރުކާރުން ދޭ އިސްކަން ހާމަވާ ގޮތަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

finance

އަންނަ އަހަރުގެ ކައުންސިލް ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފި

finance

ސޮވެރިން ފަންޑު 1.2 ބިލިޔަން ރުފިޔާއަށް

muizzu-councils

އަހަރުގެ މިހާތަނަށް ކައުންސިލުތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ދޫކޮށްފި

ތެލުގެ ސަބްސިޑީއަށް ކުރި ހޭދަ 2.3 ބިލިއަން ރުފިޔާއަށް