ކުއްލި ޚަބަރު

މިހާތަނަށް 52 މަސާޖު ޕާލާ ވަނީ ބަންދުކޮށްފައި: ރައީސް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ސާމާނުތައް ނައްތާލައިފި

އިތުރު ފަސް މަސާޖު ޕާލާއެއް ބަންދުކޮށްފި

ހުނަރުވެރިކަން ދަސްކުރުމަށް ހުޅުވާލެވިފައިވާ ފުރުޞަތުގެ ބޭނުން ރަގަޅަށް ހިފަންޖެހޭ: ސާޖިދާ

madam saajida

މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކުރުމަށް ހުޅުވާލެވިފައިވާ ފުރުޞަތުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި ހުރިހާ ޒުވާނުންނަށް ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ، މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން، ޤާބިލު ދިވެހި ޒުވާނުން އުފެއްދުމަށް ބާރު އަޅާ، އެ ދާއިރާގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް ޕޮލިޓެކްނިކުން އިންތިޒާމުކުރައްވައިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަވާ، “ސްކިލްފެސްޓް” އޯޕަންޑޭ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، “ސްކިލްފެސްޓް” އޯޕަންޑޭ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މިރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިޓެކްނިކުން ވަނީ އެކަމަނާއަށް ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. ހަމަ އެއާއެކު، މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރުފުރުން ރަމްޒުކޮށްދޭ ބޯޑުގެ މަސައްކަތް ފައްޓަވައިދެއްވީވެސް އެކަމަނާ އެވެ. އެއަށްފަހު އެކަމަނާ ވަނީ، “ސްކިލްފެސްޓް” އޯޕަންޑޭގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުން ލިބެން ހުރި ފުރުޞަތުތައް ބައްލަލަވާލައްވާ، މަޢޫލޫމާތު އޮޅުންފިލުއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، އިންސާނާ ޚަލްޤުކުރައްވާފައި ވަނީ އޭނާގެ ކިބައިގައި އެތައް ހުނަރެއް ހިމެނިގެންވާ ގޮތަށްކަމަށާއި، ފަހުން ކުރަން ޖެހޭ ކަމަކީ އެ ހުނަރުތައް ތަރައްޤީކޮށް، ފެންވަރު މަތިކުރުންކަމަށެވެ. މޯލްޑިވްސް ޕޮލިޓެކްނިކުން ދަސްކުރެވެން ހުރި މަސައްކަތްތަކާއި ތަރައްޤީކުރެވެން ހުރި ހުނަރުތައް ދަސްކުރުމުގެ ފުރުޞަތަކީ ޢާންމުކޮށް ހުޅުވާލެވިފައިވާ ފުރުޞަތެއްކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވަނީ، އުފާވެރި، އުފެއްދުންތެރި އަދި ޤަދަރުވެރި ދިރިއުޅުމަކަށް މި ފުރުޞަތުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ހުނަރުވެރި ޖީލެއް އޮތް ޤައުމެއް ކަމަށާ، ކުރީގެ ޖީލުތަކަކީ ދުނިޔެއަށް އެ ހިނދަކަށް އައި ބަދަލުތަކަށް އަހުލުވެރިވެ، އެ ބަދަލުތަކާއި އެއްހަމައެއްގައި ކުރިއަށްދިޔަ ބައެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ތަފާތު އެކި ދާއިރާތަކުން ޢިލްމާއި ހުނަރު ދަސްކުރުމުގެ ފުރުޞަތުތައް މިއަދު އިންތިހާއަށް ފަހިވެފައިވާއިރު، މަސައްކަތްތެރިކަން ދިރުވުމުގެ ޤާބިލުކަން އަށަގެންނެވުމަށް ދިވެހި ޒުވާނުން ފަސްނުޖެހޭނެކަން ޤަބޫލުފުޅުކުރައްވާކަމަށް ވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ކުރިއެރުވުމަށް، އެކި ނަންނަމުގައި މޯލްޑިވްސް ޕޮލިޓެކްނިކުން ފާއިތުވީ ބައި ޤަރުނުގެ ތެރޭގައި ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މި ދާއިރާއަށް އެކިދުވަސްވަރު ޚިދުމަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

447757 644504fd 1

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިވުމަކީ އެތައް ގޮތަކުން ފައިދާހުރި ކަމެއް: މެޑަމް ސާޖިދާ

446967 d72ae316 5

ޤައުމަށް ގެނެވޭ އިސްލާހީ ފިޔަވަޅުތަކުގެ މަތީގައި ކުރިއަށްދިއުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިން: މެޑަމް ސާޖިދާ

Whatsapp image 2025 11 16 at 00.34.03

15 ފަރާތަކަށް ރެހެންދި އެވޯޑް ދީފި

445123 354c6c14 b

ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން: މެޑަމް ސާޖިދާ

TTH_advertisement