ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްގެ ފަޔާ އެކްސްޓިންގުޝާސް ރީފިލިން ސެންޓަރުގެ ހިދުމަތް ފަށައިފި

B 202510260405551761476755.2873
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ “ފަޔާ އެކްސްޓިންގުޝާސް ރީފިލިން ސެންޓަރު”ގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފައެވެ.

އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުން ހުޅުވި އެ ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި، މިއަދު މެންދުރު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ބިލްޑިންގައި ބޭއްވި އެ ރަސްމިއްޔާތުގައި، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން އަދި އެ ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.

އެމްޕީއެލުން ބުނީ އެ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އެކި ބާވަތުގެ އަލިފާން ނިވާ ފުޅި ރީފިލްކުރުމާއި، ފުޅިތަކުގެ ހައިޑްރޯސްޓެޓިކް ޕްރެޝަރު ޓެސްޓުކުރުމާއި ލީކޭޖް އިންސްޕެކްޝަން ހެދުން ހިމެނޭ ކަމަށެވެ. އެ ސެންޓަރުން ޑްރައި ކެމިކަލް ޕައުޑަރު (ޑީސީޕީ)، ކާބަންޑައިއޮކްސައިޑް (ސީ.އޯ.2)، ފޯމް އަދި ފެން ބޭނުންކޮށްގެން އަލިފާން ނިވާ ފުޅިތައް ރީފިލްކުރުމާއި ސާވިސް ކުރުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

HajjCop_ads
MMA_Ads
Advertisement

އަލިފާން ނިވާ ފުޅި ރީފިލް ކުރުމުގެ އިތުރުން، މި ސެންޓަރުން ސާވިސް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދާނެއެވެ. އެގޮތުން ފުޅިތަކަށް ކުލަ ޖެހުމާއި، ލޭބަލް ކުރުމާއި، އީ ޓެގް ކުރުމާއި، ސޭފްޓީ ޕިން ހަރުކުރުމާއި، މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެފައިވާ ފުޅިތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނައްތާލުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދާނެއެވެ. އަދި ސެލްފް ކޮންޓެއިންޑް ބްރީދިންގް އެޕަރޭޓަސް (އެސްސީބީއޭ) ގައި ބޭނުންކުރާ އެއާ ސިލިންޑަރުތައް ރިފިލިން ކުރުމާއި ޕްރެޝަރު ޓެސްޓުހެދުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން އިތުރަށް ބުނީ އެ ސެންޓަރުގެ މަސައްކަތް ކުރިއަށްގެންދާނީ ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލްގެ ބޯޑުން ރައިޝަމް އަދި ވީއެމްސީ ބޯޑުން ޢާއިޝަތު ވަކިކޮށްފި

Igmh

އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯކަމުން ޒިޔަތު އިސްތިއުފާދެއްވައިފި

Sstv FORM FOR EC

އެމްޕީއެލްގެ މުވައްޒަފުންނަށް އަލިފާން ނިއްވުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

Mpl

ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނޭ: އެމްޕީއެލް