ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

5 މިލިއަން ގަސް މަޝްރޫއު: ފުވައްމުލަކަށް ބައެއް ތަކެތި ހަދިޔާކޮށްފި

112
STO_Ads
TTH_Ads

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދެއް ކަމަށްވާ “5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު”ގެ ފަރާތުން، މިއަދު ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤްއާ އެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ފުވައްމުލަކުގައި ބޭއްވުނު މި ބައްދަލުވުމުގައި، ފުވައްމުލަކު ސިޓީގައި ގަސް އިންދުމުގެ މަޝްރޫޢު ކުރިއަށް ގެންދެވޭނެ ގޮތްތަކާއި، މި މަޝްރޫޢުގެ ދަށުން ސިޓީ ކައުންސިލަށް ލިބިގެންދާނެ އެހީތެރިކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. މި ބައްދަލުވުމުގެ ތެރެއިން، “5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު”ގެ ފަރާތުން ފުވައްމުލަކު ސިޓީ ކައުންސިލަށް ވަނީ ބައެއް ތަކެތި ހަދިޔާކޮށްފައެވެ.

ކައުންސިލަށް ހަދިޔާކުރެވުނު ތަކެތީގެ ތެރޭގައި، ގަސް އިންދުމަށް ބޭނުންވާ ނާސަރީ ކޮތަޅު، ފަކީރާ (ގަސް ހެދުމަށް ބޭނުންވާ ޚާއްޞަ ވެލި/ގަސްކާނާ)، ފެން ކުރާ އަދި 4 ބާވަތެއްގެ ގަހުގެ އޮށް ހިމެނެއެވެ. މި ތަކެތި ހަދިޔާކުރުމުގެ ބޭނުމަކީ، ފުވައްމުލަކު ސިޓީގައި ގަސް އިންދުމުގެ މަސައްކަތް ފުޅާކޮށް، ގަސްތައް ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމެވެ.

HajjCop_ads

ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މަލްޓި-ޑިސިޕްލިނަރީ ޓީމެއް ފުވައްމުލަކަށް

Fuvahulah atoll maldives banner

5 މިލިޔަން ގަސް ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ނާސަރީއެއް

Police vcle

ބަނގުރާ އުފައްދަން ގެންގުޅޭ ސާމާނުތަކެއް ފުވައްމުލަކުން އަތުލައިގެންފި

Fuvahulah atoll maldives banner

ފުވައްމުލަކު އަނިޔާވި ޒުވާނާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި