ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޅައިމަގު ކަރަންޓުގެ މައްސަލަ ހައްލުކޮށް ޞިއްޙީ ޚިދުމަތް ފުޅާކޮށްދޭނަން: ރައީސް

TTH_Ads
Maldivian_Ads
STO_Ads
Advertisement

ށ. ޅައިމަގަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދީ، ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޅައިމަގުގެ ރައްޔިތުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޅައިމަގުގެ ތަރައްޤީއަށްވެސް ކުރަން ހުރި މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން ފިޓްނެސް އެޑް ރެކްރިއޭޝަން ސެންޓަރާއި ސިއްޙީ މަރުކަޒާއި ކައުންސިލް އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ތަރައްޤީގެ އެކި މަޝްރޫއުތައް ކުރިއަށްގެންދަވާނެކަމަށާއި އެގޮތުން ކުރީ ސަރުކަރުން ހަވާލުކޮށްފައިވާ ކުނިކޮށީގެ މަސައްކަތް ކުރިއަށް ނުދާތީ އެ މަސައްކަތް މިމަހުގެ ތެރޭގައި ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ތަޢުލީމީ ދާއިރާއިން ކުރައްވާނެ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސްކޫލުގެ އައު އޮފީސް އިމާރާތް ތަރައްޤީކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށެވެ. އަދި ފުޓްސަލް ދަނޑު މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށާއި، އަންނަ އަހަރު ސްވިމިންގ ޓްރެކެއް ތަރައްޤީކޮށް، ފުލުހުންގެ އަމިއްލަ އިމާރާތެއްގެ މަސައްކަތްވެސް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

“ސްކޫލްގެ އައު އިމާރަތުގައި ލައިބްރަރީ، ސައިންސް ރޫމް، ހެލްތް ރޫމް ހިމެނޭނެ. އެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާން. އަންނަ އަހަރު އެ މަޝްރޫއު ވީހާވެސް ކުރީކޮޅު ފަށާނަން.” ރައީސް ޑރ. މުޢިއްޒު

ރައީސް ވިދާޅުވީ ސިއްޙީ މަރުޒަކުގެ އައު އިމާރާތް ކުރާއިރު ޚިދުމަތް 16 ގަޑިއިރަށް ބަދަލުކުރާނެކަމަށެވެ. އަދި އައު އިމާރަތް ތަރައްޤީ ކުރަނީ 4 އެނދާއި ލެބޯޓަރީ އެހެނިހެން ވަސީލަތްތައް ހިމަނައިގެންކަން ރައީސް ފާހަގަކުރެއްވިއެވެ.

“އެތަން މި ހަދަނީ 4 އެނދުގެ ވޯޑަކާއި ނާރސް ސްޓޭޝަން، ލެބޯޓަރީ ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް، ގަރާޖުވެއް ހިމެނޭ ގޮތަށް.” ރައީސް ޑރ. މުޢިއްޒު

ރައީސް ވިދާޅުވީ، ހޭންޑް ބޯލް ކޯޓުގެ މަސައްކަތާއި ބަނދަރަށް ދިމާވެފައިވާ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމަށެވެ. އަދި ޅައިމަގަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ތަރައްޤީ ކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ މިއަހަރާއި ކުރިއަަށް އޮތް 3 އަހަރަށް ބަހާލައިގެން އެ މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ޅައިމަގުގައިވެސް ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް