ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ކްލަބް މޯލްޑިވްސް ކަޕް: ކުއާޓާ ފައިނަލްގެ ޖާގައެއް އެސްޓީއޯ ކަށަވަރު ކޮށްފި

ކްލަބް މޯލްޑިވްސް ކަޕް 2025 ގެ އެންމެ ފަހުން ދެ އަަހަރުގެ ޗެމްޕިއަން ކުލަބު ވެމްކޯ ކަޓުވާލައި، މުބާރާތުގެ ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅުނު ގަދަ 16 ބުރުގެ މެޗުން އެސްޓީއޯ މޮޅުވީ ވެމްކޯ އަތުން ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މި މެޗުގައި ވެމްކޯގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ފާސިރާއި އަލީރެޒާ ޝެއިހްލާރެވެ. އަދި އެސްޓީއޯއިން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހުޒައިފަތު ރަޝީދެވެ.

މީގެ އިތުރުން މި މުބާރާތުގައި ރޭ ދިވެހި ސިފައިންގެ ކްލަބް އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވެ، ކުލަބު އެމްޓީސީސީން ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗުގައި އެމްޓީސީސީގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޝާއިން އާއި، މުޙައްމަދު އިޝާމް އާއި، ޖުމައިލް ޖަމީލް އަދި އަޔާޒް އަޙްމަދެވެ. މީގެ ތެރެއިން އިޝާމް ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގައި ސިފައިންގެ ކުލަބުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ އިރާނުގެ ސޮރޯޝްގެ އިތުރުން އިޔާސް އަލީއެވެ.

މި މުބާރާތުގެ ގަދަ 16 ބުރުގައި ރޭ ޓީމު އެފްއެސްއެމްގެ މައްޗަށް އެމްޕީއެލްއިން ކުރިހޯދީ 5-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެމްޕީއެލްގެ މުޙައްމަދު ސާދު ނިޒާރު ހެޓްރިކެއް ހެދިއިރު، އަނެއް ދެ ލަނޑު ޖެހީ މުޙައްމަދު ޒީދާން ޒުހުރީ އާއި އިރާނުގެ ކުޅުންތެރިޔާ ސަމަން ދަޝަންއެވެ. އަދި އެފްއެސްއެމްގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ނާފިއު އަޙްމަދާއި، އަބްދުﷲ ލޫތު އިބްރާހީމް އަދި މުޙައްމަދު މާކިންއެވެ.

މީގެ އިތުރުން ރޭ ޕޮލިސް ކުލަބާއި ޓީމު ފެނަކަ ބައްދަލުކުރި މެޗު 6-6 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ޕެނަލްޓީގައި ފެނަކަ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. ފެނަކައަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމިޔާބުކުރި އައްޒާމް އަބްދުﷲ އާއި، ހާޒިމް ފައުޒީ އާއި، އީމާން ނަޒީރާއި، އަޙްމަދު އަޖުވަދު އަދި ހަަސަން އަޒޫމް އަލީއެވެ. ޕޮލިހުގެ ލަނޑުތައް ޖެހީ ދެ ލަނޑު ކާމިޔާބުކުރި އަޖުލާން އަބްދުލް ހަންނާނާއި، ހުސެއިން އަފްހާނާއި، އައިމަން ނަޒީރާއި، މުޙައްމަދު އަހުސަމް އަދި އަބާން މުޙައްމަދެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ ހުކުރު ދުވަހުގެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްޓީއޯ ފާރމަސީތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފި

ކުރިއަށް އޮތް ރަމަޟާން މަހުވެސް ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދީ ހިފަހައްޓާނެ: ސައީދު

Big gelqcbsqoju8crpj9hmjl4oo0

އެސްޓީއޯ ރަމަޟާން ބާޒާރުގެ ބޮޑު އިނާމަކަށް 100،000 ރުފިޔާ

Ii

މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ފުރަތަމަ ފިއުލް ޝެޑް ދުވާފަރުގައި ރައީސް ހުޅުއްވައިދެއްވައިފި

TTH_advertisement