ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިން ބައްޔެއް ނައްތާލި ފުރަތަމަ ޤައުމަކަށް ރާއްޖެ

health ministry
STO_Ads
TTH_Ads
Maldivian_Ads
Advertisement

މައިމީހާގެ ފަރާތުން ތުއްތު ދަރިފުޅަށް ޖެހޭ ބަލިތަކުގެ ތެރެއިން 3 ބައްޔެއް ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ރާއްޖެވުމާއި ގުޅިގެން ސިއްޙީ އެހީތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޝުކުރުއަދާކުރައްވައިފިއެވެ. މިއީ ތާރީޚީ ކާމިޔާބީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

ގައިން ގަޔަށް އަރާ އެކި ބަލިތަކާއި ދެކޮޅަށް ރާއްޖޭގެ ސިއްޙީ ދާއިރާއިން އަންނަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއާއެކު މަސައްކަތް ކުރަމުންނެވެ. މިގޮތުން ކުރެވުނު މަސައްކަތުން މީގެކުރިންވެސް ރާއްޖެއިންވަނީ އެޗްއައިވީއާއި ސިފިލިސްބަލި ނައްތާލާފައެވެ. އެހެންނަމަވެސް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑާއެއްގޮތަށް މިތިން ބަލި އެއްކޮށް ފުރަތަމަ ފަހަރަށް ނައްތާލެވުނު ޤައުމަކަށް ރާއްޖެވަނީވެފައެވެ.

މިކާމިޔާބީއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ތާރީޚީ ދުވަހެއްކަމަށެވެ. އެގޮތުން އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޑިސް ބީ ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ރާއްޖެވުމަކީ ރާއްޖެއިން ސިއްޙީ ދާއިރާއިން ހޯދި ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި މިބަލިތައް ނައްތާލުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެއްވި ހުރިހާ ސިއްޙީ އެހީތެރިންނަށް ރައީސުލްޖުމްހޫރިއްޔާވަނީ ޝުކުރުއަދާކުރައްވާފައެވެ.

HajjCop_ads
Advertisement

ގައިން ގަޔަށް އަރާ އެކި ބަލިތަކާއި ދެކޮޅަށް ޤައުމީ ފެންވަރުގައި އެކި މަސައްކަތްކޮށްގެން ރާއްޖެއިންވަނީ އެކި ބަލިތައް ރާއްޖެއިން ކާމިޔާބިކަމާއެކު ނައްތާލާފައެވެ. އެގޮތުން މެލޭރިއާއާއި ހިމަބިއްސާއި ލިންފަޓިކް ފައިލޭރިއާސިސް ފަދަ ނުރައްކާތެރި ބަލިތައްވަނީ ނައްތާލާފައެވެ. މިބަލިތަކާއި ދެކޮޅަށް ކާމިޔާބުކަމާއެކު ޤައުމީ ވެކްސިންގ ކެމްޕޭން އަންނަނީ ހިންގަމުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކޭބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް” ފަށައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 79 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުން ފެށިއްޖެ

ބޭހާއި ވެކްސިން ރައްކާކުރާ ޒަމާނީ ފެސިލިޓީގެ ބިންގާ އަޅައިފި

Saeed

ލަންކާގެ ސުވަސެވަނަ ހޮސްޕިޓަލުން ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް އިންޓާންޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި