ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮންމެ އަތޮޅެއްގައި ދަތުރުދިއުމަށް ޚާއްޞަ ރަށެއް ކަނޑައަޅަނީ

TTH_Ads
STO_Ads

ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، ދަތުރުދިއުމަށް ޚާއްޞަ ރަށެއް ކަނޑައެޅިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ އިޢުލާނު ކުރައްވައިިފި އެވެ.

އެމަނިކުފާނު މިކަން އިޢުލާނު ކުރެއްވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމިގިއްޔަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެންމެ އާންމު ހުށަހެޅުމެއްގެ ގޮތުގައި އިވިވަޑައިގަންނަވާ އެއް ހުށަހެޅުން ކަމުގައިވާ، ދަތުރުދާން ޚާއްޞަ ރަށެއް ހަމަޖެހިގެންދިއުމަށް ރައްޔިތުން އެދިލައްވާ އެދިލެއްވުމާ ގުޅޭ، އުންމީދީ ޚަބަރެއް ދެއްވާފަ އެވެ.

HajjCop_ads

އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، ދަތުރުދިއުމަށް ޚާއްޞަ ރަށެއް ކަނޑައެޅިގެންދާނޭ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ރަށް ވެގެންދާނީ ހަމަޖެހޭ ވަކި އުސޫލެއްގެ މަތިން، ފަތުރުވެރިކަމުގެ ބޭނުމަށާއި، އާންމު ރައްޔިތުންގެ ބޭނުންތަކަށް ވެސް ގޮސް އުޅެވޭނޭ ރަށަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަމަށް ބޭނުންވާ ކަރުދާހެއް ތައްޔާރުކުރައްވައި، ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ މަސައްކަތްތައް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަަމަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް