ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

”ވަން ޕީސް“ގެ ތަރި ޓެޒް ސްކައިލާ ރާއްޖޭގައި

112
TTH_Ads
STO_Ads
Advertisement

ނެޓްފްލިކްސްގެ މަޝްހޫރު ”ވަން ޕީސް“ ލައިވް-އެކްޝަން ސިލްސިލާގައި ސަންޖީގެ ދައުރު އަދާކޮށް ދުނިޔޭގެ މަޤުބޫލުކަން ހޯދާފައިވާ އެކްޓަރ ޓެޒް ސްކައިލާ، ރާއްޖެ އައިސްފިއެވެ.

ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން އޭނާ ރާއްޖެ އައިސްފައިވަނީ ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ މަޤްޞަދުގައެވެ.

ސްކައިލަރ ރާއްޖޭގައި ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ހޭދަކުރާނެއެވެ. މި މުއްދަތުގައި އޭނާ ރާއްޖޭގެ ހިތްގައިމު ޤުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޚާއްސަކޮށް އެޑްވެންޗަރ ފަތުރުވެރިކަމުގެ ފުރުސަތުތައް ޕްރޮމޯޓްކުރުމުގައި ހަރަކާތްތެރިވާނެއެވެ. މި ދަތުރުގައި އޭނާ ސެޕްޓެމްބަރު 27 އިން އޮކްޓޫބަރު 14 އަށް ރާއްޖޭގައި މަޑުކުރާނެއެވެ.

HajjCop_ads
MMA_Ads
Advertisement

ސްކައިލަރގެ މި ދަތުރުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް، އެޑްވެންޗަރ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ތަފާތު މޫދު ކުޅިވަރުތަކާއި ކަނޑުއަޑީގެ ހިތްގައިމުކަން ދައްކާލުމަށް ގިނަ ހަރަކާތްތަކެއް ތަޖުރިބާކުރާނެއެވެ. އަދި ދިވެހި ޘަޤާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް، މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކޮށް ދިވެހީންގެ ދިރިއުޅުމާއި އަދާކާދަ ތަޖުރިބާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލަރގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބެއެވެ.

ސްކައިލަރގެ ނުފޫޒާއި ވާހަކަ ކިޔައިދިނުމުގެ ހުނަރުން ޘަޤާފީ، އެޑްވެންޗަރ، އަދި ދިރިއުޅުމުގެ ވައްޓަފާޅީގެ ތަޖުރިބާތައް ލިބޭ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އިޝްތިހާރުކޮށް ދިވެހިރާއްޖެއަކީ ފައިހަމަ ކުރުމަށް މަގުފަހިވެގެންދާނެ“ ވީއެމްސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސްއިން މި ދަތުރު މެދުވެރިކޮށް، މުހިންމު މާކެޓްތަކުގައި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

މީގެ ތެރޭގައި އާއިލާތަކާއި، ޒުވާން ދަތުރުވެރިންނާއި، އަދި އެޑްވެންޗަރ ފަތުރުވެރިންނަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ޕްރިމިއަމް މަންޒިލެއްގެ ގޮތުގައިވާ މަޤާމު ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޚާއްސަ ރަސްމިއްޔާތު ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

43

ރާއްޖެ އިޝްތިހާރުކުރަން މުހިންމު އެމްއޯޔޫއެއްގައި ސޮއިކޮށްފި

WhatsApp Image 2026 03 07 at 20.10.04

ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އަރަމުންދާ ލޮޅުންތަކުގެ އަސަރު ކުޑަ ކުރުމަށް ފަތުރުވެރިކަމުގެ ސިނާޢަތް ގުޅިގެން ކުރިއަށް!

އަންނަ އަހަރުގެ އައިޓީބީ ބާލިންގެ “ހޯސްޓް ކަންޓްރީ” އަކަށް ރާއްޖެ ހަމަޖައްސައިފި