ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އުފައްދާފައިވާ ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ. ޝިއުރީ ވަނީ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވާފައެވެ.
ޝިއުރީ އެ މަގާމަށް އައްޔަން ކުރެއްވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތޭރަ ވަނަ ދުވަހުއެވެ. އޭނާއަކީ މި ސަރުކާރުގައި ވިޒިޓް މޯލްޑިވްސް ނުވަތަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ދެވަނަ ބޭފުޅާއެވެ.

ޝިއުރީ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ކުރިއަށް އޮތް އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ ‘ވިޒިޓް މޯލްޑިވްސް އިޔާ’ގެ ޝިއާރެއްގެ ގޮތުގައި ކަނޑައެޅި ‘އައިލެންޑާސް އާ އަސް’ ސްލޯގަންއަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.










ކިޔުންތެރިންގެ ހިޔާލު