ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަށި މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލަނީ، މަސްވެރިކަންކޮށްގެން ބޮޑު ޢާމްދަނީއެއް ހޯދިދާނެ

TTH_Ads
STO_Ads

އަންނަ ނޮވެމްބަރު މަހުގެ އެކައުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއްކުރިން ރާއްޖޭގައި ކުރި މަސްވެރިކަމުގެ ބާވަތެކެވެ.

ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި މީގެކުރިން ކުރަމުންދިޔަ މަސްވެރިކަމުގެ ބާވަތެއްކަމުގައިވާ ކަށިމިޔަރުގެ މަސްވެރިކަންކުރުމަށް ހުޅުވާލަން ނިންމަވާފައިވާކަމަށެވެ. އަހަރުތަކެއް ކުރިން މިބާވަތުގެ މަސްވެރިކަން ކުޅުދުއްފުށީގައިވެސް ކުރިމަށާއި، ކުރިނަމަވެސް އެކަން ހުއްޓުވާފައި އޮތީ އެކި ސަބަބުތަކާއި ހެދިގެން ގަވާއިދުތަކަށް ގެނެވުނު ބަދަލުތަލުގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ.

Maldivian_Ads

އެހެންނަމަވެސް ތިމާވެއްޓާ ބެހޭ ވުޒާރާއާއި، މަސްވެރިކަމާއި ބެހޭ ވުޒާރާއާއެކު މަޝްވަރާކުރެވި، ކުރެވުނު މަސައްކަތްތަކުން ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް އަލުން ހުޅުވާލަން ނިންމެވީކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލާނެކަމަށް ވިދާޅުވިއެވެ.

“މިހާރު މެނޭޖްމަންޓް ޕްލޭނެއް ޑްރާފްޓްކޮށްފި. މިމެނޭޖްމަންޓް ޕްލޭންގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށިމިއަރުގެ މަސްވެރިކަމަށް ހުޅުވާލަން. އެކަންކުރަން ބޭނުންވާ ފަރާތްތަކަށް އެމަސައްކަތް ފެށުމަށް ތައްޔާރުވުމަށް ގޮވާލަން” ރައީސް

ރާއްޖޭގައި 3 ބާވަތެއްގެ މިޔަރުގެ މަސްވެރިކަން މީގެކުރިންވަނީ ކޮށްފައެވެ. އެގޮތުން ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމެވެ. ކަށިމިޔަރު މަސްވެރިކަން ކުރުން ހުއްޓިގެންދިޔައީ، އޭރު ކުރެވުނު ދިރާސާތަކަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުމާއެކުގައެވެ. އެހެންނަމަވެސް ފަހަކަށް އައިސް މަސްވެރިންގެ ފަރާތުން މިޔަރު ގިނަވުމުގެ ކަންބޮޑުވުންވެސް އަޑުއިވެއެވެ.

ކަށިމިޔަރު މަސްވެރިކަންކޮށްގެން ބޮޑު ޢާމްދަނީއެއް ހޯދިދާނެކަމަށް ސަރުކާރުން އަންދާޒާކުރާއިރު މިއީ އަގު އެއްކޮށްގެން އުފައްދާ ކަށިމިޔަރު ތެޔޮ ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް ލިބިގެންދާނެ އިތުރު ފުރުސަތެކެވެ.

އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މަސްވެރިކަމުގެ އިތުރު ބާވަތްތައް އާލާކުރުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Masverin

މަސްވެރިންނަށް މިއަދު 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި: މިފްކޯ

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް