ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބަކަށް ރާއްޖެ އިންތިޚާބުވުމުން ރައީސްގެ މަރުޙަބާ

TTH_Ads
STO_Ads

މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެކުވެރި ދަޢުލަތްތަކުގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަރްޙަބާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ އިދާރީ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސާގެ މަޤާމަށް ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހޮވިވަޑައިގެންފައެވެ. މި މަޤާމަށް ޑރ. ސަލްމާ ރަޝީދު ނަން ހުށަހަޅާފައިވަނީ އޭޝިއާ ޕެސިފިކް ގްރޫޕުގެ ފުރިހަމަ އަޣުލަބިއްޔަތުން ކައުންސިލްގެ ބިއުރޯގައި އެގުރޫޕަށް ނިޞްބަތްވާ ޤައުމުތައް ތަމްޞީލުކުރުމަށެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވުމާއެކު ނައިބު ރައީސްގެ ހައިސިއްޔަތުން، އޭޝިއާ-ޕެސިފިކް ގްރޫޕުގެ މަސްއޫލިއްޔަތުތައް ދެން އަދާކުރަމުންދާނީ ދިވެހިރާއްޖެއިންނެވެ.

HajjCop_ads

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާ ގުޅުންހުރި ކަންކަމުގައި، ވަކިން ޚާއްޞަކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އާ ގުޅިފައިވާ އިންސާނީ ޙައްޤުތަކުގެ ކަންކަމުގައި ހަރުދަނާ ގޮތެއްގައި އަޑުއުފުލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ތާރީޚެއް އޮތް ޤައުމެއް ކަމަށެވެ.

ހަމަ މިއާއެކު، މިއީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި، އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ޙަރަކާތްތެރި މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން ވެފައިވާ ހަރުދަނާ ވަޢުދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޢަދުލުއިންޞާފާއި، ހަމަހަމަކަމާއި، އިންސާނީ ކަރާމާތުގެ އުޞޫލުތައް ނެގެހެއްޓުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

އަދި ކޮންމެ މީހަކަށްވެސް އިންޞާފުވެރި، އެންމެންގެ ބައިވެރިވުން އޮތް، ޝާމިލު ދުނިޔެއަކަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ތަކުރާރުކުރެއްވިއެވެ.

ދިވެހިރާއްޖެއިން އަންނަނީ ބައިނަލްއަޤުވާމީ މަޝްރަހުގައި އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން ދިވެހިރާއްޖެއިން ވަނީ މީގެ ކުރިން އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި 2011 އިން 2013 ވަނަ އަހަރުގެ ނިޔަލަށް އަދި 2014 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ ދައުރު ފުރިހަމަކޮށްފައެވެ. މީގެއިތުރުން 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްދާ ދައުރުގައިވެސް ދިވެހިރާއްޖެއަކީ މަޖިލީހުގެ މެންބަރެކެވެ. އަދި، ދިވެހިރާއްޖެއިން ވަނީ 2013 ވަނަ އަހަރާއި 2023 ވަނަ އަހަރުގައި، މަޖިލީހުގެ ނައިބު ރައީސްގެ މަޤާމު އަދާކޮށް މަޖިލީހުގެ އެންމެ އިސް ހަރުފަތުގައި ދިވެހިރާއްޖޭގެ އިސްނެގުމާއި ބައިވެރިވުން ދައްކުވައިދީފައެވެ. ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ގެ އިތުރުން މަޖިލީހުގެ ބިއުރޯގެ އެހެން ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނީ ޗިލޭ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ އަދި ރޮމޭނިއާ ގެ ދާއިމީ މަންދޫބުންނެވެ.

މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެކުވެރި ދަޢުލަތްތަކުގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވުމުން އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީސް ހަރުދަނާ ގޮތެއްގައި ހިންގުމުގެ ޤާބިލުކަމާއި، ދިވެހިރާއްޖެއަށް އޮތް އިތުބާރާއި ޔަޤީންކަން ކަށަވަރުވެގެންދެއެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން، އިންސާނީ ޙައްޤުތަކުގެ ޔުނިވަރސަލިޓީ ނަގަހައްޓާ، މަލްޓިލޭޓަރަލް ނިޒާމުގެ އަސާސީ އުޞޫލުތައްކަމުގައިވާ، މަޝްވަރާކުރުމާއި، އެއްބާރުލުން ދިނުމާއި، އެއްބަސްވެ އިއްތިފާޤުން ކަންކަން ނިންމުމުގެ އަސާސްތައް ދިވެހިރާއްޖެއިން އަބަދުވެސް ކުރިއަރުވަމުންގެންދާނެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް