ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު އެ އަތޮޅު ހިތާދޫއަށް ވަޑައިގެން އެރަށުގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވައިފި އެވެ.

ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއަރޕަސަން، ހިތާދޫ ކައުންސިލްގެ ރައީސް އަދި ބީއެމްއެލްގެ ސީއީއޯ ބައިވެރިވަޑައިގެންނެވިއެވެ.

އަމިއްލަ ރަށުގައި ތިބެގެން އޭޓީއެމްގެ ޚިދުމަތް ލިބުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

އިޝްތިހާރު އިޝްތިހާރު

އެގޮތުން ބީއެމްއެލްއިން މިހާރު އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ބީއެމްއެލްއިން ވަނީ މިއަހަރު ތެރޭ 40 އޭޓީއެމްއެއް ހުޅުވައިފައެވެ.

ބީއެމްއެލްއިން ބުނީ އަމާޒަކީ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އެ ޚިދުމަތް ފެށުން ކަމަށެވެ.