ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ދުވާލަކު 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި

mwsc
Maldivian_Ads
TTH_Ads
STO_Ads
Advertisement

މާލޭ ވޯޓާ އެންޑް ސެވަރޭޖު ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހުޅުމާލޭގައި ދުވާލަކު 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީގެ އެ މަސައްކަތަކީ މާލޭ ސަރަހައްދުގެ ފެނުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.އެ މަސައްކަތް ފަށައިދިނީ އެމްޑަބްލިޔުއެސްސީއަށް 29 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ ދިހަ މުވައްޒަފެކެވެ.

HajjCop_ads
Advertisement

ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އަދި ބޯޑު މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އިމާރާތުގެ މަސައްކަތް ނިންމުމަށް އަމާޒުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށާއި އެ އިމާރާތުގެ މަސައްކަތް ނިމުމާއެކު ދުވާލަކު 5000 ޓަނުގެ ފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް އެ އިމާރާތުގައި ބެހެއްޓުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އެ އާރްއޯ ފެސިލިޓީ އަކީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި އެ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިބުރޭ
ރަގަނޅު ކުރިއެރުންތަކެއް އެބަފެނޭ މިހާރު

ގުޅުންހުރި

WhatsApp Image 2026 10 17 at 15.50.30

މާލެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ ދިރާސާ އެމްޑަބްލިޔޫއެސްސީން ފަށައިފި

hulhumale

އިމާރާތްކުރުމުގެ ސަލާމަތީ މިންގަނޑުތައް އަންނަ މަހުގެ 10 ކުރިން ތަންފީޒު ކުރަންޖެހޭ

Hulhumale

ހުޅުމާލޭގެ ފިހާރައެއްގައި ވިއްކަން ހުރި އެހެން ދީންތައް ރަމްޒުކޮށްދޭ އެއްޗެހިތައް ފުލުހުން ނަގައިފި

އައްޑޫ އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ސޮއިކޮށްފި