ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ފޭސް އެކެއްގައި އެސްޓީއޯގެ އިތުރު ފާމަސީއެއް ހުޅުވައިފި

112
STO_Ads
TTH_Ads
Advertisement

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯ ސްމާޓު ސްޓޯރު ބަންދުކޮށް އެ އިމާރާތުގައި ފާމަސީއެއް ހުޅުވައިފިއެވެ.

އެސްޓީއޯއިން ބުނީ، ފާމަސީ ހުޅުވުމުގެ މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯގެ ސިއްހީ ޚިދުމަތްތައް ފަސޭހަކަމާ އެއްކޮށް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

އިއްޔެ ހުޅުބި އެ ފާމަސީން އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރަށް ނެޕީއާއި ކޮސްމެޓިކްސް ފަދަ ތަކެތި ވިއްކާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

HajjCop_ads
MMA_Ads
Advertisement

މި ފާމަސީ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00އިން ފެށިގެން މެންދަމު 12:00އާ ހަމައަށެވެ.

ސްމާޓް ސްޓޯރު ހިންގި ތަނުގައި ފާމަސީއަށް ހުޅުވާނެކަން އިއުލާނުކުރީ އެސްޓީއޯގެ 2024ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ.

ޝިމާދު ވިދާޅުވީ، އެތަން ފާމާސީއަކަށް ބަދަލުކުރުމަށް ނިންމީ ހުޅުމާލޭ ހޮސްޕިޓަލަށް ދާ ބަލި މީހުންނަށް ރަނގަޅު ފެންވަރުގައި ޚިދުމަތް ދޭނެ ފާމަސީއެއް ނެތް ކަމަށް ބުނެ ކުރަމުން އަންނަ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި

އެސްޓީއޯއިން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ލިބެން ހުންނާނެ

އެސްޓީއޯގެ ސާފު ފައިދާ 1 ބިލިޔަން ރުފިޔާއަށް ހެދުން އެއީ އަމާޒް: ޝިމާދު

ދ.މީދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށްފި