ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރުގެ ގުޅުންތައް ރަނގަޅުވުމުން ފައިދާ ކުރާނީ ރައްޔިތުންނަށް: މަތީން

STO_Ads
TTH_Ads
Advertisement

ޤައުމަތަކާއި އޮންނަ ގުޅުން ރަނގަޅުވެ އުފެދޭ ސުލްހަ މަސަލަސްކަމުގެ ފައިދާ ކުރާނީ އާންމު ރައްޔިތުންނަށްކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ. މަތީން މިހެން ވިދާޅުވީ ރާއްޖެމިއަދު ޕްރޮގްރާމްގައި، އިންޑިއާއި ސްރީލަންކާގެ ވެރިން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވީ ދިވެހިންނާއި އަވައްޓެރި ޤައުމުތަކާ އޮންނަ ގުޅުމަކީ ވަރަށް ޒަމާންވީ ގުޅުމެއްކަމަށެވެ. އެކަން ތާރީހަށް ބެލިކަމުގައިވީނަމަވެސް ފެންނާނެކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ދިވެހިންނަކީ އަވައްޓެރިންނާއެކު އޮތް ގުޅުން އަބަދުވެސް ދަމަހައްޓަމުން އަންނަ ބައެއްކަަމަށާއި، އަވައްޓެރިންނަށް ކުރަން ޖެހޭ އިހުތިރާމް އުސޫލުގެ ތެރެއިން ކުރަމުން އަންނަ ބައެއްކަމަށެވެ. އަވައްޓެރިކަމުގެ އިން ފަހަނައަޅައި ނުދާހާ ހިނދަކު އެބަޔަކަށް ދޭން ޖެހޭ އިހްތިރާމް ދީގެ އުޅުމަކީ ދަމަހައްޓަން ޖެހޭ ސަގާފަތެއްކަމަށް މަތީން ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

މަތީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ބޭރުގެ ގުޅުންތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އެގޮތުން ސްރީލަންކާގެ ރައީސް އަދި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެން މިނިވަން ދުވަހުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމަކީ އެކަމުގެ ހެއްކެއްކަމަށްވެސް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ބަސް ބުނަންޖެހޭ ތަނުގައި ބަސް ބުނިކަމުގައިވީނަމަވެސް އަވައްޓެރި ޤައުމުތަކުން ރާއްޖެއިން ކަނޑައަޅާފައިވާ ހަމަތައް ފަހަނައަޅައި ނުދާހާ ހިނދަކު ކޮންމެ ޤައުމަކަށްވެސް ލިބެންވާ އިހްތިރާމް ރާއްޖެއިން ދެމުންދާކަމަށާއި، އެގޮތުން މިސަރުކާރުން ޚާރިޖީ ގުޅުންތަކުގެ ތެރެއިން މުހިންމު ކާމިޔާބީތަކެއް ހޯފާފައިކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ޤައުމުތަކާއެކު އޮންނަ ބައެއް ނުތަނަވަސްކަން ފިލާ އެކުވެރިކަމުގެ މާހައުލެއް އައުމަކީ ދިވެހިންނަށް ލިބިގެންދާނެ ފަސޭހައަކާއި ކާމިޔާބިއެއްކަމަށާއި، އެގޮތުން ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި ސުލްހަމަސަލަސްކަމުން ލިބޭ ފައިދާ ކުރާނީ އާންމު ރައްޔިތުންނަނަށްކަމަށެވެ.

“ސުލްހަ މަސަލަސްކަމާއި އެކުވެރިކަމާއި އެއްބާރުލުމުގެ ފައިދާ ކުރާނީ އާންމު ރައްޔިތުންނަށް. އާންމު ރައްޔިތުންގެ ހައްގުގައި ޕޮލިސީއަށް ގެންނަން ޖެހޭ ބަދަލެއް ގެނެސް ސަލާމްކުރާ މީހަކާއި ސަލާމް ކުރެވިގެން އެކުވެރިކަން ބަދަހި ކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ ވަރަށް ބޮޑު ކާމިޔާބީއެއް. އެއީ އަޅުގަނޑުމެންގެ މިސްރާބަކަށް ވާންޖެހޭނީ. އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފާވެރިކަމުގެ ޚަބަރެއް.” މަތީން

މަތީން ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހު ފެނިގެން ދިޔައީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާފައިވާ ރަތް ރޮނގު އަވައްޓެރިން ބަލައިގަނެފައިވާންތަންކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޯދެއްވި ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MWSC

މާލޭގެ ސްވަރޭޖް މެއިންލައިން އެކްސްޓެންޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

Img md 202606070147021780822022.9425

ގަސް އިންދުމުގެ މަޝްރޫޢަށް އެމްޑަބްލިޔުއެސްސީގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އެމްއެންޔޫ ފެއާގައި އެމްޑަބްލިޔުއެސްސީގެ ވަޒީފާ ސްޓޯލެއް ބަހައްޓަވައިފި

އެމްޑަބްލިޔުއެސްސީގެ ޗެއަރޕާސަންގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި