ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ކުރިއަށް އޮތްތަނުގައި ރަނގަޅުކުރެވިގެންދާނެ: ރައީސް

STO_Ads
TTH_Ads
Advertisement

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ކުރިއަށް އޮތްތަނުގައި އިތުރަށް ރަނގަޅުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔާކަ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު އޮތް ޖޮއިންޓް ޕްރެސްގައި ވާހަކަފުޅުދައްކަވަމުންނެވެ،

ޖޮއިންޓް ޕްރެސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ޤައުމެއް ކަމަށާއި، ލަންކާ ރައީސާއެކު ބޭއްވެވި މަޝްވަރާތަކުގައި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެއްބަސްވެވުނުކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

ރައީސް ވިދާޅުވީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ތަޢުލީމު ޙާސިލުކުރަމުންދާ ޤައުމެއް ކަމަށާއި އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައިވެސް ލަންކާގެ ޓީޗަރުން މުހިއްމު ދައުރެއް އެބައޮތްކަމަށެވެ. އެހެންކަމުން މީހުން ތަމްރީނުކުރުމުގެ އިތުރުން ލަންކާއާއި ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއެކު ގުޅުން ބަދަހިކުރަން ދެ ޤައުމުންވެސް އެއްބަސްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

“މިއަދު މި އެކުލަވާލެވުނު އެއްބަސްވުންތަކާއެކު ޤާނޫނީ އެހީތެރިކަން ދެ ޤައުމުގެ މެދުގައި ބަދަލުކުރެވިގެންދާނެ. އަދި ފޮރިން ސަރވިސަސް އޮފް މޯލްޑިވްސްއާއި ބަންޑްރާނަޔަކަ އިންޓަނޭޝަލް ޑިޕްލޮމެޓިކް ޓްރެއިނިން އިންސްޓިޓިއުޓްއާއެކު ޤާއިމުކުރި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޑިޕްލޮމެޓުންގެ ހުނަރުތައް ތަރައްޤީކުރެވޭނެ.” ރައީސް

ރައީސްގެ ވާހަކަފުޅުގައި ލަންކާގެ ރައީސާއެކު މަޝްވަރާކުރެވުނު އެހެން ކަންކަމަށްވެސް އަލިއަޅުވާލެއްވިއެވެ. އެ ގޮތުން މި ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނުކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ވިޔަފާރިއާއި ދިފާޢީ ދާއިރާއާއި ތަޢުލީމާއި ވޮކޭޝަނަލް ޓްރެއިނިންއާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ތިމާވެއްޓާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ އަދަވަޅުން ސަލާމަތްކުރުމަށް ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.

ސްރީ ލަންކާއާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް ބަދަލުކުރަމުން އަންނަ ދެ ޤައުމެވެ. ރާއްޖެއިން ލަންކާއާއެކު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

ލަންކާގެ ރައީސް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާއި ގުޅޭ އެމްއޯޔޫއެއްގައި އާއި ޖިނާއީ ކުށްތައް ހުއްޓުވުމުގައި އެއްބާރުލުން ފޯރުކޮށްދިނުމާބެހޭ މުއާހަދާއެއް ވަނީ ސޮއިކޮށްފައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް