ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް ސްކޮލާޝިޕްތަކެއް ދެނީ

404188 a490afed 2
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓުގެ އިފްތިތާހީ ސެޝަންގައި މެޑަމް ސާޖިދާ ވާހަކަފުޅުދައްކަވަނީ — ފޮޓޯ: ރައީސް އޮފީސް
STO_Ads
TTH_Ads
Advertisement

ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް ސްކޮލާޝިޕްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓުގެ އިފްތިތާހީ ސެޝަންގައި، ތަގުރީރުކުރައްވަމުން މެޑަމް ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، ޚައިރާތު ފައުންޑޭޝަނެއްގެ ގޮތުގައި 8 އަހަރު، އަދި ފައުންޑޭޝަންގެ 13 އަހަރު ދުވަހުގެ ދިގު ތާރީހުގައި އިޖުތިމާއީ ތަރައްގީގެ ތަފާތު ޕްރޮގްރާމްތައް، މެރކް ފައުންޑޭޝަނުން ހިންގާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވިއެވެ.

އަދި މެރކް ފައުންޑޭޝަންގެ “މޯ ދޭން އަ މަދަރ” ކެމްޕޭންގެ އެމްބެސެޑަރަކަށް އެކަމަނާ އައްޔަންކުރެއްވިކަމަށްޓަކައި، އެ ފައުންޑޭޝަނަށް ޝުކުރު އަދާކުރެއްވިއެވެ. ހަމަ މިއާއެކު، ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް، ފައުންޑޭޝަނުން ސްކޮލާޝިޕްގެ ފުރުސަތު ދޭކަން ފާހަގަކުރައްވައި، އެކަމަށްޓަކައިވެސް ޝުކުރު އަދާކުރެއްވިއެވެ. މިއީ ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލުން މަދު، އެހެން ނަމަވެސް މުހިންމު ދާއިރާއެއްކަން މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

އެ ކަމަނާގެ ވާހަކަފުޅުގައި، ރާއްޖޭގައި އަގުހެޔޮ، އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ މަގުތައް ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ދިގު މުއްދަތުގެ ފަންނީ، ގުޅުންތައް ދެމެހެއްޓުމުގެ ޝައުގުވެރިކަންވެސް ފާޅުކުރެއްވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ސްކްރީނިންގްއާއި، ނަފްސާނީ ސިއްހަތާ ގުޅުންހުރި ހިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން، ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރުމަށް އެހީތެރިވުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ.

ހަމަ މިއާއެކު އެކަމަނާ ވަނީ، ދަރިމައިނުވުމާއި، މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި، އަންހެނުން ބާރުވެރިކުރުމާއި، ހަކުރުބައްޔާއި ހައިޕަރޓެންޝަން ފަދަ ބަލިތަކާއި، އެފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް މެރކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދެވުނު މަސައްކަތްތައްވެސް، ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ.

އޭގެ އިތުރުން އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވެދީ، އަންހެނުންނަށް އިންސާފު ލިބުމުގެ ފުރުސަތު އިތުރުކޮށްދީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެހީތެރިވެދީ، ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން، ޖެންޑާ އިކުއަލިޓީ ޕޮލިސީތައް ތައާރަފުކުރުމާ ބެހޭގޮތުންވެސް އެ ކަމަނާ ވަނީ ވާހަކަފުޅުދައްކަވައިފައެވެ.

އެމްއެފްއެފްއެލްއައިގެ ހަތްވަނަ ސަމިޓުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ ޝަރަފުވެރި މެހެމާނާއެއްގެ ހައިސިއްޔަތުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހިސާބު އިލްމު ކުރިއެރުވުމަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ފަސްޓްލޭޑީ ވިދާޅުވެއްޖެ

Igmh

ދިވެހިންގެ އާދަކާދަތަކާއި ހިސާބު އިލްމާ ހުރި ގުޅުން ދައްކުވައިދޭ ތާރީހީ ފޮތެއް ސާޖިދާ ނެރެދެއްވައިފި

464306 9cd26852 8

ތައުލީމާއި، މުޖުތަމައުގެ ކުރިއެރުމާއި އިގްތިސާދީ ފާގަތިކަން ބިނާވެފައިވަނީ ރަނގަޅު ސިއްހަތެއްގެ މައްޗަށް: ސާޖިދާ

43

ތައުލީމީ މީހުންގެ ކިބައިން ހަރުދަނާ އަޚުލާގު ފެންނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވެއްޖެ