ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: ސައުދީ

STO_Ads
TTH_Ads
Advertisement

މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.

މިއަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް އާރުޓީއެލް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެކެވެ. މިއީ ކަނޑުމަގުންވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް ހަލުއިކޮށް ރައްޔިތުންނަށް ލުއިފަސޭހަވާނެ މަގުތައް ފަހިކޮށްދިނުމަށް ކުރައްވަން ބޭނުންފުޅުވާ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި އެމްޓީސީސީން ގުޅިގެންނެވެ. އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ މުޅި ރާއްޖެއަށް އާރުޓީއެލްގެ ޚިދުމަތް ދިނުމަށް އިންސާނީ ވަސީލަތާއި އުޅަނދުތައްވެސް އިތުރުކުރަންޖެހޭ ކަމަށެވެ. އިންޑިއާ ސަރުކާރުގެ އެހީގައި 100 މިލިޔަން ރުފިޔާ އާރުޓީއެލްގެ ޚިދުމަތަށް ހާއްސަކޮށް، ޚިދުމަތަށް ބޭނުންވާ އުޅަނދުތައް ބަންނަން ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެގޮތުން، މުޅި ރާއްޖޭގައި ޚިދުމަތް ފަށަން 56 އުޅަނދު ބޭނުންވާ ކަމަށާއި އުޅަނދުތައް މަދުވުމުގެ ސަބަބުން މިހާރުވެސް ދަތިތަކާ ދިމާވާކަމަށް ވިދާޅުވިއެވެ. ނަމަވެސް ހުރިހާ އުޅަނދުތަކެއް އޮޕަރޭޝަނަށްގެނެސް މިއަހަރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފެށޭނެ ކަމަށް ސައުދީ ވިދާޅުވިއެވެ.

“އެންމެ އަވަހަށް ފެއްޓޭނީ ރ. އަތޮޅުގައި ދެން އެއާއެކު ބ. އަތޮޅުގައި. މި ދެ އަތޮޅުގެ މަސައްކަތް ފަށަން ބޭނުންވާ ވެސަލް ޕްރޮޑަކްޝަން އެދަނީ. އިންޑިއާ ސަރުކާރުގެ އެހީގައި 100 މިލިޔަން ލިބިގެން އެ 100 މިލިޔަންވެސް އާރުޓީއެލްއަށް އެލޮކޭޓްކޮށްގެން، ދެން ބޭނުންވާ ވެސަލް ބަނުމަށްޓަކައި އޯޑަރު ދިނުމަށް ތައްޔާރުވަމުން މިދަނީ. އެހެންވީމަ އެ ބަޖެޓުގެ ތެރެއިން ނިމިގެން އަންނަ ވެސަލްތައް އައިމަ ޖުލައި އޮގަސްޓް، ސެޕްޓެމްބަރ، އޮކްޓޯބަރ، ނޮވެމްބަރ ގޮސް އަޅުގަނޑުމެން މުޅިއެތި ކޮމްޕްލީޓް ކުރާގޮތަށް މިއޮތީ” އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވިއެވެ.

ރާއްޖޭގައި އާރުޓީއެލްގެ ޚިދުމަތް ޤާއިމުކުރަމުންދަނީ 3 ފިޔަވައްސަކަށް ބަހާލައިގެން 6 ސަރަހައްދެއްގައެވެ. މިހާތަނަށް 9 އަތޮޅެއްގެ 81 ރަށް ފެރީގެ ނިޒާމުން މިހާރު ގުޅާލާފައިވާއިރު މި މަހުގެ ތެރޭގައި ރ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން އަންނަ މަހު ބ. އަތޮޅުގައިވެސް އާރުޓީއެލްގެ ޚިދުމަތް ފެށޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވިއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

taxi

ޓެކްސީ އެޕް އަންނަ ހަފުތާގައި ބޭނުންކުރަން ފަށަނީ

ވެލިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމެނީ

RTL

އެއާޕޯޓް މަގު މަރާމާތުކުރާތީ ބަސް ރޫޓުތަކަށް ބަދަލު ގެނެސްފި

988

އެމްޓީސީސީގެ ޑީއެމްޑީ ކަމަށް މުބީން އައްޔަންކޮށްފި