ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ކޮންމެ ކުއްޖަކަށް ޢާއިލާއެއް” ޕްރޮގްރާމުގެ ދަށުން 75 ކުދިން ޢާއިލާތަކާ ޙަވާލުކޮށްފިން: ޑރ. އައިޝަތު ޝިހާމް

STO_Ads
TTH_Ads

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެފައިވާ ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 75 ކުދިން ޢާއިލާތަކާ ޙަވާލުކުރެވިފައިވެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ހާމަކުރެއްވި ގޮތުގައި، މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި 160 އަށްވުރެ ގިނަ ކުދިން ތިބިއިރު، “ކޮންމެ ކުއްޖަކަށް ޢާއިލާއެއް” ޕްރޮގްރާމުގެ ދަށުން 75 ކުދިން ޢާއިލާތަކާ ޙަވާލުކުރެވިފައިވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ ވެލްފެއަރ ސެންޓަރުތަކުން ނިކުންނައިރު އަމިއްލަ ފައިމައްޗަށް ތެދުވެވޭ، އަދި މުޖުތަމަޢަށް ޚިދުމަތްތެރި ބަޔަކަށް ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. މިގޮތުން، އެ ކުދިންނަށް ބޭނުންވާ ތަމްރީނުތަކާއި ހުނަރުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Maldivian_Ads

އެމްޕަވަރމަންޓް އެންޑް އެމްޕްލޯއިމަންޓްގެ ނަމުގައި ވަކި ޑިޕާޓްމަންޓެއް އުފައްދާފައިވާކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން 14 އަހަރުވުމުން، އެ ކުދިން ބޭނުންވާ ދާއިރާތަކުން ތަމްރީނުތައް ފޯރުކޮށްދެވޭ ކަމަށެވެ. އަދި 18 އަހަރު ވުމުގެ ކުރިން އެ ކުދިންނަށް ސެޓްފިކެޓް ލިބޭނެ ގޮތަށް ކަންކަން އިންތިޒާމުކުރެވިފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރުގެ މަގާމުން އައިޝަތު ޝިހާމް ވަކިކުރައްވައިފި

IMG

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތު ކުދިން ފޯސްޓާކުރުމުން ވިހެއުމުން ލިބޭފަދަ ޚާއްސަ ޗުއްޓީއެއް ދެނީ

dr aishath shihaam

ވަޒީފާ ލިބުނަސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ އެލަވަންސް އުންޏެއް ނުވާނެ: ޑރ. ޢައިޝަތު ޝިހާމް

“ޝާމިލް 2025” ހަރަކާތްތައް ފަށައިފި