ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަތި އުނދަގޫ ދަނޑިވަޅުތަކުގައި އެހެން މީހުންނަށް އެހީތެރިވުމަކީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް: ހުކުރު ޚުޠުބާ

TTH_Ads
STO_Ads
Advertisement

މިއަދުގެ ޖުމުޢާ ޚުޠުބާގައި، އިސްލާމްދީނުގައި އެހެން މީހުންނަށް އެހީތެރިވުމުގެ މުހިންމުކަމާއި، ޚާއްޞަކޮށް ދަތި އުނދަގޫ ދަނޑިވަޅުތަކުގައި އެހީތެރިވުމުގެ މަތިވެރިކަން ފާހަގަކުރެއްވިއެވެ.

ޚަޠީބު ވިދާޅުވި ގޮތުގައި، ދަތި އުނދަގޫ ވަގުތުތަކުގައި އެހެން މީހުންގެ ހިތާމައިގައި ބައިވެރިވުމަކީ ކޮންމެ މުސްލިމަކަށްމެ ލާޒިމުވެގެންވާ ކަމެކެވެ. އަދި މިފަދަ ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ މުހިންމު ސިފައެއްކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

“އެހެން މީހުންނަށް އެހީތެރިވެ، އަޅައިލުމަކީ އީމާންކަމުގެ ފުރިހަމަކަމުގެ ހެއްކެކެވެ. އަދި މިއީ ޙަޤީޤީ މުއުމިނުންގެ ޚާއްޞަ ސިފައެކެވެ،” މިފަދައިން ޚަޠީބު ވިދާޅުވިއެވެ.

HajjCop_ads
Advertisement

އިސްލާމްދީނުގައި އެހީތެރިވުމުގެ މުހިންމުކަން ބަޔާންކޮށްދޭ ގިނަ ޤުރުއާނީ އާޔަތްތަކާއި ނަބަވީ ޙަދީޘްތައް ވާކަން ފާހަގަކުރައްވައި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ މުހިންމުކަން ޚުޠުބާގައި ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިޒަމާނުގެ މުޖުތަމަޢުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫޙު އާލާކުރުމަށް ގޮވާލައްވައި، މިއީ އިސްލާމްދީނުގެ މުހިންމު އަސާސެއްކަން ޚަޠީބު އަލިއަޅުއްވައި ބަޔާންކުރެއްވިއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hajj umra

ހެޔޮ ގޮތުގައި ވެވޭ ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ: ޚުތުބާ

hukuru khuthuba

ސެލޫންތަކަށް ގޮސް ވެކްސް ކުރުމަށް ޢައުރަ ކަޝްފުކުރުން ހުއްދަކަމެއް ނޫން: ޚުޠުބާ

hukuru namaadu

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއް: ޚުޠުބާ

khuthubaa hukuru

އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަހުލުންނަށް އެދުމަކީ ނުހަނު ބާރުއަޅުއްވައިފައިވާ ކަމެއް: ޚުޠުބާ