ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިއްޙީ ދާއިރާ އިން 4.3 ބިލިއަން ރުފިޔާގެ މަޝްރޫޢު ފެށިގެން ކުރިއަށްއެބަދޭ: ރައީސް

TTH_Ads
STO_Ads
Maldivian_Ads
Advertisement

މިދިޔަ ދޮޅުއަހަރު ސިއްޙީ ދާއިރާގެ ކުރިއެރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާ އެގޮތުން 4.3 ބިލިއަން ރުފިޔާގެ މަޝްރޫޢު ފެށިގެން ކުރިއަށްދާާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަ ކުރުމަށް މިރޭ ނަސަންދުރަ ބާސެލޯ ގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ އިސްކަން ދޭ އެއް ދާއިރާ އަކީ ސިއްޙީ ދާއިރާ ކުރިއަށް ގެންދިއުން ކަމަށެވެ. ޚާއްސަކޮށް ކޮންމެ ރަށެއްގައި ހުރި ނަމަވެސް އެކަށީގެންވާ ސިއްޙީ ފަރުވާ ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ވަރަށް ބޮޑު އަމާޒެއް ކަމުގައި ވިދާޅުވި އެވެ.

އެގޮތުން ވީރާނާވަމުންދާ ސިއްޙީ މަރުކަޒުތަކާއި އެ މަރުކަޒުތަކުގައި ހުންނަ ލެބޯޓަރީ ފަދަ ތަންތަނުގެ ޚިދުމަތް ރަނގަޅުކޮށް ފުޅާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ 18 މަސް ދުވަސްތެރޭ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސިއްޙީ ދާއިރާ އިން އެކަނިވެސް 60 މަޝްރޫޢުއެއް ފެށިފައިވާ ކަމަށެވެ.

HajjCop_ads
Advertisement

އޭގެ ތެރެއިން 18 މަޝްރޫޢު އަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުގައި ހުރި ހޮސްޕިޓަލްތަކުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތަކެއް ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

“ގާތްގަނޑަކަށް ހަތަރުހާސް ތިންސަތޭކަ މިލިއަން ނުވަތަ 4.3 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ހަމައެކަނި ސިއްޙީ ދާއިރާގައި މިދިޔަ ދޮޅު އަހަރުގެ ތެރޭގައި އެބަ ކުރިއަށްދޭ,” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭގެ ސަރަޙައްދުގައި ހުރި ހޮސްޕިޓަލްތަކުގެ އިތުރުން އަތޮޅު ހޮސްޕިޓަލްތަކުން ލިބޭ ފަރުވާގެ ފެންވަރު މަތި ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށާ އެކަމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދެއްވާނެ ކަމަށެވެ.

އަދި އެމަނިކުފާނުގެ އަމާޒަކީ ރާއްޖޭގައި ތިބެގެން އެންމެ މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ވިދާޅުވި އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 24 at 15.56.07

މަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް

Nimaal

ސައުދީއާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން ފުޅާކުރުމަށް ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު

Qw

ރަސްމާލޭ މަޝްރޫއަށްވުރެ މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން: ނަޝީދު

88887

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފި