ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިހާތަނަށް ސިއްޙީ ދާއިރާ އިން 1،200 ވަޒީފާ އުފައްދައިފިން: ރައީސް

TTH_Ads
STO_Ads
Advertisement

މި ދައުރުގައި މިހާތަނަށް ސިއްޙީ ދާއިރާ އިން 1،200 ވަޒީފާ އުފައްދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބަތުގައި މިރޭ އޮތް ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިއްޙީ ދާއިރާގެ ޚިދުމަތްތައް ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތުގެ އެންމެ ބޮޑު ބަޔަކީ ޚިދުމަތް ދޭނެ ޤާބިލް މުވައްޒިފުން އިތުރުކުރުން ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި މިހޭދަވި 18 މަސްތެރޭ ސިއްޙީ ދާއިރާ އިން އެކަނި 1،200 ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެއިން 740 ވަޒީފާ އަކީ އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލްތައް ކަމަށްވާ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް އިތުރު ކުރެވުނު ވަޒީފާތައް ކަމަށް ވިދާޅުވި އެވެ.

HajjCop_ads
Advertisement

އެގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކަށް މިހާތަނަށް 640 މުވައްޒިފުން ނަގާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެހެން ސަރަހައްދުތަކުން 450 ވަޒީފާއަށް މުވައްޒިފުން ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ނަރުހުން ލިބުމުގައި ދަތިކަން އެބައޮތް, ޚިދުމަތް ނުކުންނަވާ: ރައީސް
މިރޭގެ ޖަލްސާގައި ރައީސް ވަނީ އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ މިންވަރަށް ނަރުހުން ނުލިބުން ކަމުގައި ވިދާޅުވެފަ އެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސިއްހީ ޚިދުމަތްދޭ ތަންތަނަށް 218 ނަރުހުން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް 70 ނަރުހުންގެ ވަޒީފާއަށް ދިވެހީން ނުލިބި އޮތް ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހީން ތަމްރީނުކޮށް ނަރުހުންގެ ވަޒީފާއަށް ނެރުމަށް ޤައުމީ ޔުނިވާސިޓީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ނަމަވެސް ތަމްރީނުވާ ހުރިހާ އެންމެން ވަޒީފާއަށް ނުނިކުންނަ ކަން ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން ރައީސް އެދިވަޑައިގަތީ ތަމްރީނުވެފައިވާ ހުރިހާ ނަރުހުން ޚިދުމަތަށް ނުކުންނެވުމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

އިގުތިސާދީ ދަތިތަކާއެކުވެސް މި ދައުރުގެ ތެރޭގައި ވައުދުތައް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

468552 1299680d b

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި ގަސް އިންދުމުގެ ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގެންފި

468486 b1164f56 c

ރައީސް، ކުދި ޖަޒީރާ ޤައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

43

އއ. އުކުޅަހުގެ އައުޓްޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި