ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޖީ އޮފީސް، ސިވިލް ސާވިސް އިން ވަކިކުރާ ބިލު، ރައީސް ތަސްދީގުކުރައްވައިފި

STO_Ads
TTH_Ads
Advertisement

އެޓާރނީ ޖެނެރަލް އޮފީސް، ސިވިލް ސާވިސް ކޮމިޝަނުން ވަކިކޮށް ވަކި ޚިދުމަތެއްގެ ގޮތުގައި ހެދުމަށްޓަކައި ސަރުކާރުން ހުށަހެޅި “އެޓާރނީ ޖެނެރަލްގެ އޮފީހުގެ” ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ. މިއާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު ވުޖޫދުވީ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ސިވިލް ސާވިސްގެ ދަށުން ހިންގަމުންދާ އޭޖީ އޮފީހަށް ފަންނީ މުވައްޒަފުން ހޯދުމަށާއި މުސާރައިގެ ކުރިއެރުން ލިބުން ދަތިވުމުގެ ޝަކުވާތައް ހައްލުކުރުމަށްޓަކައި ހުށަހެޅި މި ބިލާއެކު، އޭޖީ އޮފީސް ދެން ހިނގަމުންދާނީ ސިވިލް ސާވިސްގެ އޮނިގަނޑުން ބޭރުން ވަކި ޚިދުމަތެއްގެ ގޮތުގަ އެވެ. މިއީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ބައެކެވެ.

HajjCop_ads
MMA_Ads
Advertisement

މި ބިލާއެކު ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެ ބަޔަކަށް ބަހާލެވޭނެ އެވެ. އެއީ ލީގަލް ސާވިސް ބަޔާއި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ބައެވެ.

އެއީ ގާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި އައްޔަންކުރާ އެ ދާއިރާގެ ފަންނީ މުވައްޒަފުންގެ ބަޔާއި އެޑްމިނިސްޓްރޭޓިވް ސާވިސްގެ މުވައްޒަފުންގެ ގިންތީގައި ހިމެނޭ އެ އޮފީހުގެ ލީގަލް ޑިޕާޓްމަންޓްގެ އިދާރީ ހިންގުމާއި އޮފީހުގެ އާންމު އިދާރީ ހިންގުމުގެ މަގާމުތަކަށް އައްޔަންކުރާ މުވައްޒަފުންގެ ބައެވެ.

މި ބިލު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ބިލު ތަސްދީގުކުރައްވައި ގެޒެޓުގައި ޝާއިއު ކުރާތާ 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees Office

ނޫސްވެރިންގެ ބައްދަލުވުންތަކުން “އަދަދު” ނޫސް ސަސްޕެންޑްކޮށްފި

AG Ushaam

ގެއްލުނު ކަނޑުގެ ސަރަހައްދު އަލުން ހޯދަން އެކްސްޕާޓުންނާއި މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައި މިހާރު މިތިބީ: އުޝާމް

H6txovzbmjojwefnjhdb

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލަނީ