ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއީ ދިވެހި ހައްޖާޖީންނަށް އެންމެ ލުއި އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށްވާނެ: ރައީސް

Maldivian_Ads
STO_Ads
TTH_Ads
Advertisement

މި އަހަރަކީ ދިވެހި ޙައްޖުވެރިންނަށް އެންމެ ފަސޭހަ އަދި އިންތިޒާމުތައް އެންމެ ރަނގަޅު ޙައްޖު މޫސުމަށް ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ޙައްޖުގެ ދަތުރާއި ގުޅުންހުރި އެހެނިހެން ކަންކަން ފަސޭހަކުރުމަށް ސަޢޫދީ ސަރުކާރުން ތަޢާރަފުކޮށްފައިވާ “މައްކާ ރޫޓް އިނިޝިއޭޓިވް” ގައި ދިވެހިރާއްޖެ ބައިވެރިކުރުމަށް ނިންމާފައިވާތީއެވެ. މި ނިންމުމާއެކު، ކުރީގެ އަހަރުތަކުގައި ޙައްޖުވެރިން ތަޙައްމަލުކުރަންޖެހުނު ގިނަ ދަތިތަކެއް މި އަހަރު ކުރިމަތިނުވާނެއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އިނިޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު މި އަހަރު ލިބުނު އަށް ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލަކާއި ޝަރަފެކެވެ. އަދި ރާއްޖެއިން މި އަހަރު ޙައްޖަށް ވަޑައިގެންނެވި ފުރަތަމަ 235 ޙައްޖުވެރިންނަށް ސަޢޫދީ ސަރުކާރުން ވަރަށް ހޫނު މަރުޙަބާއަކާއެކު ފުރިހަމަ މެހެމާންދާރީއެއް އަދާކޮށްފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މި އިނިޝިއޭޓިވްގެ ސަބަބުން ޙައްޖުވެރިންނަށް ލިބޭ ލުއިފަސޭހަތަކުގެ ތެރޭގައި، ވައިގެބަނދަރުގައި ގިނަ ވަގުތު މަޑުކުރަން ނުޖެހުމާއި، އަމިއްލައަށް ފޮށިތަންމަތި އުފުލަން ނުޖެހުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން، މުޅި ޙައްޖު ދަތުރުގައިވެސް މިފަދަ ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ޙައްޖުވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ޚިދުމަތްތައް އިތުރަށް ރަނގަޅުވެ، ކަންކަން އިތުރަށް ފަހިވެގެންދިއުން ކަމަށެވެ.

“ދިވެހި ޙައްޖުވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މި އަހަރު ހޯދައިދެވޭތީ މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރަން. އަދި ސަޢޫދީ ސަރުކާރަށް ޝުކުރު ދަންނަވަން،” ރައީސް ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ރައީސް، ހުރިހާ ޙައްޖުވެރިންނަށް ހިތްހަމަޖެހުމާއި ދުޅަހެޔޮކަމާއެކު މަބްރޫރު ޙައްޖެއް ލިބުން އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 24 at 15.56.07

މަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް

Nimaal

ސައުދީއާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން ފުޅާކުރުމަށް ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު

Qw

ރަސްމާލޭ މަޝްރޫއަށްވުރެ މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން: ނަޝީދު

88887

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފި