ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުވައްޒަފުންގެ ގާބިލުކަން ހަރުދަނާކުރުމަށް ރައީސް އޮފީހުން ހާއްސަ ޕްރޮގްރާމެއް ފަށައިފި

401481 5c413ecd 7
“އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027” ގައި ހުސައިން އަފީފް ސެޝަނެއް ނަންގަވައިދެއްވަނީ — ފޮޓޯ: ރައީސް އޮފީސް
STO_Ads
TTH_Ads
Advertisement

މުވައްޒަފުންގެ ގާބިލުކަން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ “އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027” ފަށައިފިއެވެ.

“އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް” (އީޑީޕީ) އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެފެއާޒް އޮފީސް (ޕީއޭއޯ) ގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕާފޯމަންސް މެނޭޖްމަންޓް (ޕީއޭޕީއެމް) ޔުނިޓުގެ އިސްނެގުމަށް، ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް (ސީއެސްޓީއައި) އަދި ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއަދު ފެށި އެ ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ކުރިއަށްގެންގޮސްފައިވަނީ ކިންގް ސަލްމާން މިސްކިތުގައެވެ.

‎މިއަދުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދަވާފައިވަނީ އަފީފް ހުސައިންއެވެ. އަފީފުގެ މައުޟޫއު ހާއްސަ ކުރައްވާފައިވަނީ “ލީޑިން އެންޑް ޓްރާންސްފޯމިން އަ ނޭޝަން ތުރޫ ސާވިސް އެކްސެލެންސް ކަލްޗާ” ނުވަތަ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ސަގާފަތެއްގެ ތެރެއިން ގައުމުގެ ތަސައްވުރު ބަދަލުކުރުމުގެ މައްޗަށެވެ.

HajjCop_ads
Advertisement

ރައީސް އޮފީހުން ބުނީ ‎އެ ސެޝަންގައި ދައުލަތުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށެވެ. ‎އީޑީޕީ އަކީ ދައުލަތުގެ މުވައްޒަފުން، ސިޔާސީ ގޮތުން ޢައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ޕާފޯމަންސް ހަރުދަނާކުރުމަށް އެކުލަވާލެވުނު ޕްރޮގްރާމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

‎އެ ޕްރޮގްރާމްގެ ދަށުން، ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އިދާރާތަކުގެ މެދުގައި މުއާމަލާތްކުރުމުގައި ހުރި ހިރާސްތައް ހަމަޖެއްސުމާއި، އިދާރީ އޮނިގަނޑަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

‎ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި، އެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޓަރެކްޓިވް ލެކްޗާތަކާއި، ސެމިނާ އަދި މަސައްކަތު ބައްދަލުވުންތަކާއި، ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ޒަރީއާއިންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mira

މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

raees Office

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

raees Office

ނޫސްވެރިންގެ ބައްދަލުވުންތަކުން “އަދަދު” ނޫސް ސަސްޕެންޑްކޮށްފި

H6txovzbmjojwefnjhdb

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި