ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނުނީ ފަޅުރަށަކުން، އޭނާގެ ހާލު ރަނގަޅު

STO_Ads
TTH_Ads
Advertisement

ގދ. ނަޑެއްލާ އިން ގެއްލިގެން ހޯދަމުންދިޔަ މީހާ، ފަޅުރަށަކުން ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ހދ. ނޮޅިވަރަމް/ ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އިއްޔެ މެންދުރުފަހު 2:00 ހާއިރު ނަޑައްލާއަށް ކައިރިކުރި “އިތުބާރު” ނަމަކަށް ކިޔާ ދޯނިން އެ ރަށަށް އާދަމް އިބްރާހިމް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާ ކަމަށެވެ. އަދި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ރޭ 10:25 އެހާކަންހާއިރު ކަމަށް ބުނެފައިވެއެވެ.

HajjCop_ads
MMA_Ads
Advertisement

ފުލުހުން މިއަދު ބުނީ ނަޑެއްލާއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ އާދަމް އިބްރާހިމް ފެނިފައިވާ ކަމަށާއި އޭނާ ފެނިފައިވަނީ މިއަދު ހަވީރު 4:45 ހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ⁠ފެނިފައި ވަނީ ފުލުހުންނާއި ނަޑެއްލާގެ ރައްޔިތުންގެ ޓީމަކަށް ކަމަށާއި ⁠ކޯސްޓްގާޑުން ވެސް މީހާ ހޯދުމުގެ މަސައްކަތުގައި މިއަދު ހެނދުނުން ފެށިގެން ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ⁠މީހާ ހޯދުމުގެ ގޮތުން ނަޑެއްލާ ފަޅު ތެރެއިން ދިހަ ފަޅުރަށް ބެލިފައިވާ ކަމަށާއި ނަޑެއްލާގެ އެކި ސަރަހައްދުތައްވެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އާދަމް އިބްރާހީމް ގެއްލިފައިވާ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި