ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައުމީ ޑިޖިޓަލް އިގުރާރު ރައީސް އަށް އަރުވައިފި

STO_Ads
TTH_Ads
Advertisement

ގައުމީ ޑިޖިޓަލް އިގުރާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.

ގައުމީ ޑިޖިޓަލް އިގުރާރު ރައީސް މުއިއްޒަށް އެރުވީ، މިރޭ ބޭއްވި މޯލްޑިވްސް 2.0 ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

އެ އިގުރާރަކީ ރައީސް މުއިއްޒުގެ ތަސައްވަރާ އެއްގޮތަށް ރާއްޖެ ޑިޖިޓަލައިޒްކުރުމުގައި އަމަލީ މަސައްކަތަށް ލިބިގެންދާ ބާރެކެވެ.

HajjCop_ads
Advertisement

މިނިސްޓަރު އިހްސާން ވިދާޅުވި ގޮތުގައި “މޯލްޑިވްސް 2.0″ގައި ސަރުކާރުން ގާއިމުކުރާނީ ހާމަކަން ބޮޑު ނިޒާމެއް ކަމަށެވެ. އެގޮތުން އެ ނިޒާމުގެ ދަށުން އެއްވެސް ފަރުދެއް އަދި ރަށެއް ބާކީނުކޮށް، ހިދުމަތްދެވޭ ސިސްޓަމްތަކެއް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ހުރިހާ އިދާރާއެއް އެއް ވިއުގައަކުން ގުޅިފައިވާ އަދި ތަކުރާރުކޮށް އެއް މައުލޫމާތުތަކެއް އިދާރާތަކަށް ހުށަހަޅަން ނުޖެހޭނެ ފަދަ ނިޒާމަކަށް އެ ނިޒާމުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ނިޒާމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސަލާމަތީގޮތުން ވަރުގަދަ ސައިބާ ނުރައްކަލަށް ކުރިމަތިލެވޭ ފަދަ ނިޒާމެއްކަމަށްވެސް ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ރާއްޖޭގައި ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކުރަނީ

MPL

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް

Qw

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Qw

ކޮރަޕްޝަނުން ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި