ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެޑަމް ސާޖިދާ އަރިހަށް، މެރކް ފައުންޑޭޝަންގެ މަންދޫބުން ޒިޔާރަތްކުރައްވައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އަރިހަށް، މެރކް ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި އީ. މެރކް ކޭ.ޖީ ގެ އެގްޒެކެޓިވް ބޯޑުގެ ޗެއާމަން ޕްރޮފެސަރ ޑޮކްޓަރ ފްރޭންކް ސްޓަންގެންބަރގް ހަވަރކެމްޕް އާއި މެރކް ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް، ޒިޔާރަތްކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްގެންދަވާފައިވަނީ މުލީއާގޭގައެވެ.

‎މި ބައްދަލުވުމުގައި ޕްރޮފެސަރ ޑޮކްޓަރ ސްޓަންގެންބަރގް ހަވަރކެމްޕް އާއި ސެނެޓަރ ޑޮކްޓަރ ކެލެޖް ވަނީ، މެރކް ފައުންޑޭޝަން މެދުވެރިވެގެން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއެކު ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން ވަކި ދާއިރާތަކުން ޚާއްޞަވުމަށް ޑޮކްޓަރުން ހޯދަންޖެހޭ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ސްކޮލަޝިޕްގެ ފުރުޞަތުތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

HajjCop_ads
Advertisement

މި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ރާއްޖޭގެ ސިއްޙީ ދާއިރާއާ ގުޅުންހުރި މަޢުލޫމާތުތައް ހިއްސާކުރައްވައި ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

‎ބައްދަލުވުން ނިންމަވާލައްވަމުން މެރކް ފައުންޑޭޝަނުގެ މަންދޫބުން ވަނީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކޮށް، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލައި އަންހެނުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާފައެވެ. އަދި އެކަމަނާ އަކީ މެރކް ފައުންޑޭޝަންގެ “މޯ ދެން އަ މަދަރ” ޕްރޮގްރާމުގެ އެންބެސެޑަރެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ.

މި ޕްރޮގްރާމަކީ، ދަރިމައިވުމުގެ ޞިއްޙަތާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައްޔާއި، އެކަމާ ގުޅުންހުރި ފަރުވާގެ ޤާބިލުކަން އިތުރުކުރުމުގައްޔާއި، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލުމުގައްޔާއި، ދަރިމައިވުމުގެ މައްސަލަތަކުން ރައްކާތެރިވުމާއި ދަރިންލިބުމުގައި ފިރިހެނުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، އެފްރިކާ އަދި އޭޝިޔާގެ ފަރސްޓް ލޭޑީންނާއި އަންހެން އިސްވާރުންނާއެކު ހަރަކާތްތަކެއް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

472996 230f9afc 2

ގައިޑް ޙަރަކާތަކީ ފަރުދީ ޝަޚްޞިއްޔަތުގެ އިތުރަށް، އިޖުތިމާޢީ ޝަޚްޞިއްޔަތާވެސް ގުޅިލާމެހިފައިވާ ޙަރަކާތެއް: ފަސްޓް ލޭޑީ

Big DjDlx6dtz3G7mo6BeMatG2VTL

އިސްލާމީ ޤައުމެއްގެ ގޮތުގައި، 9 ޤަރުނު ހޭދަކުރުމަކީ ބޮޑު ފަޚުރެއް: ފަސްޓު ލޭޑީ

470162 6db2f94a 3

އީޖާދެއްގެ ފެށުން އަންނަނީ ޝައުގުވެރިކަމާއި އިލްމު ގުޅުމުން: މެޑަމް ސާޖިދާ

saajida

ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ހާލަތަށް ފަރުވާތެރިވާން ޖެހޭނެ: ސާޖިދާ