ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ޚާއްސަ ކޮމިޝަނެއް ރައީސް އުފައްދަވައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

މިމަހުގެ 18ވަނަ ދުވަހު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުޤީޤު ކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ ކޮމިޝަނެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ 2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، “ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން” ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުފެއްދެވީ މިރޭގެ ވަގުތެއްގައި ކަމަށެވެ. މި ކޮމިޝަން އެމަނިކުފާނު އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ކޮމިޝަން ރައީސް އުފައްދަވާފައިވަނީ 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށްކަމުގައި ރައީސް ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

HajjCop_ads
Advertisement

ރައީސް އުފައްދަވާފަައިވާ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ ޑރ. މުޙައްމަދު މުނައްވަރާއި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، އަދި ޑރ. މުޙައްމަދު ޙަބީބެވެ. މިކޮމިޝަނުގެ ރައީސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ.

ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމާއި، ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުމާއި، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުމާއި، ކޯޓު އަމުރުތަކަށް އެދުމާއި، މީހުން ހާޒިރުކޮށް ސުވާލުކުރުމާއި، ހެކި ހޯދުމުގެ ބާރު ހިމެނެއެވެ.

ރަައީސް އުފެއްދެވި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންދެން ދެމިއޮންނާނެ ކޮމިޝަނެއް ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

މައްސަލައިގެ ތަޙްޤީޤަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވާފައިވާއިރު، ޔުމްނު އިތުރު ފަރުވާއަށް ރޭ ވަނީ މެލޭޝިޔާއަށް ފުރުވާލާފައެވެ. މިހާތަނަށް ޔުމްނު އަށް ފަރުވާ ދެމުން ގެންގޮސްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

ޔުމްނު ފުރުވާލެވިފައިވަނީ ދައުލަތުގެ ފަރާތުން ހަމަޖައްސަވައިދެއްވި ފައިސާއާއި، އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާ އެކުގައެވެ.

މިގޮތުން، ޔުމްނު ފަރުވާގެ ޚަރަދުތަކަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ވަނީ 25،000 އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާއިން 385،500 ރުފިޔާ) ހަމަޖައްސަވައިދެއްވާފައެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައި މިވަނީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން އެކަމަށް ޑިމާންޑު ކޮށްފައި ވަނިކޮށް ކަން ފާހަގަކުރެވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޒުވާނުން ސިޔާސީ މަސައްކަތާ ދުރަށް ދާތީ ރައީސްގެ ކަންބޮޑުވުން

DSC

ޕީއެންސީގެ ކޮންގްރެސް ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި

988

މިނިސްޓަރު ފެންވަރުގައި ޠަލާލް އާއި ހަބީބު ރައީސް އޮފީހުގެ މަގާމްތަކަށް އައްޔަންކުރައްވައިފި

472257 9898eaed d

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުމުގައި ޒުވާން ޚަޠީބުން އަމަލީ ގޮތުން ނަމޫނާ ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި