ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަސްކަރިއްޔާއަށް ގެންނަ ތަރައްޤީއާމެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެ: ރައީސް

TTH_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ދިވެހި އަަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް، ބާރުވެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާމެދު ޤައުމީ ލޯބި އުފެދިފައިވާ ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާން ޖެހޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މި ވާހަކަފުޅު ދައްކަވާފައިވަނީ ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ޚިޠާބުގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ މިނިވަންކަމާއެކު މިހާތަނަށް އައިސްފައިވަނީ ދިވެހި ސިފައިންގެ މަތިވެރި ޤުރުބާނީތަކުގެ ސަބަބުންނެވެ. ޚާއްޞަކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ އެކިއެކި އުދުވާނީ ނުރައްކާތަކާއި ހާދިސާތަކުގައި، އަދި ރައްޔިތުންގެ އެހީތެރިކަމަށް އެދުނު ކ ކޮންމެ ދަނޑިވަޅެއްގައި، ދިވެހި ސިފައިން ވަނީ ފަޚުރުވެރި މަސައްކަތްތަކެއް ކޮށްދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމުގައި އި އެންމެ އިސްކަމެއް ދެއްވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލު ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ. މި މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތަކީ ދިވެހި ސިފައިން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މި ސަރުކާރުން އަސްކަރިއްޔާގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ، އެކަށީގެންވާ ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައިވާ ކަމަށެވެ. ނަމަވެސް، ބައެއް ފަރާތްތަކުން މި މަސައްކަތްތަކާމެދު ފާޑުކިޔާ ކަން ފާހަގަކުރައްވައި، ޤައުމީ ލޯބި އުފެދިފައިވާ ކޮންމެ ރައްޔިތަކުވެސް އަސްކަރިއްޔާއަށް ލިބޭ ކުރިއެރުންތަކާމެދު ފަޚުރުވެރިވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނިންމާލައްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، އަސްކަރިއްޔާގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތައް ފަޚުރުވެރިކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށާއި، މިއީ ޤައުމަށްޓަކައި ކުރެވޭ ވަށާޖެހޭ ސިޔާސަތެއްގެ ދަށުން ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ. އަދި މި މަސައްކަތްތަކަށް ފާޑުކިޔާ ފަރާތްތަކުގެ ވިސްނުމުން ޤައުމު ސަލާމަތްކުރުމަކީ ޤައުމު ދެކެ ލޯބިވާ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MNDF

ފްރެންޑް 4 ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަނީ

ލ. މާމެންދޫ ކަނބަލުންނަށް ސިފައިން ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ދޯންޏެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ވަޔާއި ކަނޑުމަގުން ބޮޑު ސަރަޙައްދެއް ބަލައިފި

muiz

އިގުތިސާދީ ދަތިތަކާއެކުވެސް މި ދައުރުގެ ތެރޭގައި ވައުދުތައް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ