ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތަޢުލަޤް ދީނީ ސުވާލު މުބާރާތް ހޯރަފުށީގައި ފަށައިފި

STO_Ads
TTH_Ads
Advertisement

ތަޢުލަޤް ދީނީ ސުވާލު މުބާރާތް ހއ. ހޯރަފުށީގައި ފަށައިފިއެވެ.

މި އަހަރުގެ މި މުބާރާތް ކުރިއަށް ގެންދަނީ ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެންނެވެ.

މި މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހއ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝިޒްލީންއެވެ. މުބާރާތް ފައްޓަވައި ދެއްވައި ކޮމާންޑަރު ދެއްކެވި ވާހަކަފުޅުގައި، މިފަދަ މުބާރާތްތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވެ އިޖުތިމާއީ ފޭރާން ރަނގަޅުވެގެންދާނެކަން ފާހަގަކުރައްވައި ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ.

HajjCop_ads
Advertisement

އެޕްރީލް 20 އިން 24 އަށް ކުރިއަށް ގެންދާ މި މުބާރާތަކީ ހއ. އަތޮޅު މަދަރުސާގެ ގުރޭޑް 6 އިން ދަށުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މުބާރާތެކެވެ. މިއީ މި މުބާރާތް ކުރިއަށް ގެންދާ ހަތަރުވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުގައި 60 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ. މި މުބާރާތަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ.

މި މުބާރާތަކީ އިސްލާމީ ތަރުބިއްޔަތު އެނގިތިބި، ދީނީ ކަންކަމަށް ފަރުވާތެރިވެ މައިންބަފައިން ދެކެ ލޯބިވާ އަދި ބޮޑެތި މީހުންނަށް އިހުތިރާމުކުރާ، ނަމާދުގައި ކިޔާ ތަކެއްޗާއި ޛިކުރުތައް އެނގި ތިބި ރަނގަޅު ޖީލެއް ހޯރަފުށީގައި ބިނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

Qw

ފުވައްމުލަކުގައި ވެރިންނަށް ނޭނގި ބާލާފައި ހުރި ގިނަ އަދަދެއްގެ ކުރުނބާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންގެ އިންސްޕެކްޓަރ ކޯސް 6 ފަށައިފި

ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކާ ގުޅޭ ތަހުގީގަކަށް ދެ މީހަކު ހޯދަނީ