ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުންފަތް މަނާކުރުމުގެ ބިލު ނޮވެމްބަރުން ފެށިގެން އަމަލުކުރަން ފަށާނެ

TTH_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ “ޖެނެރޭޝަން ބޭން” ގެ ނަމުގައި މަޝްހޫރުވެފައިވާ، ވަކި އުމުރުފުރައަކުން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ބިލު މި މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، ނޮވެމްބަރު މަހުން ފެށިގެން އަމަލުކުރަން ފައްޓަވާނެ ކަމަށް އިޢުލާނުކުރައްވާފައެވެ. މި ކަން އެމަނިކުފާނު ހާމަކުރެއްވީ “ރައްޔިތުންނާއެކު” ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މުޅިން މަނާކުރުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީގެ 30 އިންސައްތައަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނެވެ. މި އާބާދީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުރައްކާތެރި އާދައިން ދުރުކުރެވިއްޖެނަމަ، ދުޅަހެޔޮ ޞިއްޙަތެއް ކުރިއަރުވައި، ރާއްޖޭގެ މުސްތަޤުބަލު ރައްކާތެރިކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި ޒުވާނުންނާއި މިއަދުގެ ކުޑަކުދިން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުކުރެވުމުން، ކުރިއަށް އޮތްތަނުގައި ޤައުމަށް ޚިދުމަތްކުރާ ހަރުދަނާ ޖީލެއް ބިނާކުރެވޭނެއެވެ. އަދި 18 އަހަރު ފުރުމާއެކު ގިނަ ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާ ކަމަށާއި، މި ކުދިން މި ކަމުން ދުރުކުރެވިއްޖެނަމަ ދުންފަތުގެ އިސްތިޢުމާލުކުރުމުން މުޅި މުޖުތަމަޢު ދުރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ހާމަކުރެއްވި ގޮތުގައި 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ ބިލު މި މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެއެވެ. މި މަހު ބިލު ފާސްވެއްޖެނަމަ، އެ ޤާނޫނަށްޢަމަލުކުރަން ފެށުމަށް 6 މަސްދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި 6 މަސްދުވަހުގެ މުއްދަތު ލިބުމުން، މިހާރުވެސް ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާފައިވާ ކުދިންނަށްވެސް މި އާދައިން ދުރުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ސެޝޭޝަންގެ ތެރެއިން 3 މަސްދުވަހުގެ ތެރޭގައި މި އާދައިން ދުރުވެވޭ ކަމަށާއި، އެހެންކަމުން 6 މަސްދުވަހަކީ އެކަށީގެންވާ މުއްދަތެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ދުންފަތުގެ އިސްތިޢުމާލުކުރުމުން ލިބޭ ބައެއް ގެއްލުންތައް ހިއްސާކުރެއްވިއެވެ. އޭގެ ތެރޭގައި ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން 80 އިންސައްތައަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ޖެހޭ ބަލިތަކުގެ ސަބަބުން މަރުވާ މީހުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުންފަތް މަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ގިނަ ބަޔަކު ތަޢުރީފުކުރަމުން އަންނަ ކަމަށާއި، ޚާއްޞަކޮށް ބެލެނލެނިވެރިން މި ސިޔާސަތު ބަލައިގަންނަ ކަން ވަނީ ހާމަވެފައެވެ. މި ފިޔަވަޅަކީ ރާއްޖޭގެ ޞިއްޙީ ދުޅަހެޔޮކަމާއި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ރާއްޖޭގައި ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކުރަނީ

MPL

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް

Qw

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Qw

ކޮރަޕްޝަނުން ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި