ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ އެއާޕޯޓާ ގުޅޭ މަގުގެ މަސައްކަތް ކުރިއަށްގެންދާނަން: މިނިސްޓަރު

882އ
Maldivian_Ads
TTH_Ads
STO_Ads
Advertisement

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެއާޕޯޓާ ގުޅޭ މަގުގެ މަސައްކަތް، އެ މަޝްރޫއު އިން އުނިކުރީ ހުސްކުރަންޖެހޭ އިމާރާތެއް ހުސްނުކުރެވުމުން މަސައްކަތް ލަސްވެ، ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެތީ ކަމަށާއި މަގުގެ މަސައްކަތް އުނިކުރަން ޖެހުނަސް ވަކި މަޝްރޫއެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ކަންބޮޑުވުމާ ގުޅިގެން މިނިސްޓަރު މިއަދު ވިދާޅުވީ އެއީ ކޮންޓްރެކްޓަރަށް ބަދަލުދޭންޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެތީ ކުރި ކަމެއް ކަމަށެވެ.

“ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ އިމާރާތެއް ހުސްނުކުރެވި އެ ބިން ކޮންޓްކްޓަރާ ހަވާލުނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، އޭގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ އެ އިމާރާތް ހިމެނޭ ސަރަހައްދުގެ މަގުގެ ބައި ޕްރޮޖެކްޓުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑަށް ވާނީ އަންގައިފައެވެ،” މިނިސްޓަރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މިނިސްޓަރު ވިދާޅުވީ ހުސްކުރަން އަންގާފައިވާ އިމާރާތަކީ އަދި އެ އިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީގެ މިލްކެއް ކަމަށާއި އެހެންނަމަވެސް ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެންވެސް އެ އިމާރާތް ބޭނުންކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ބިން ކޮންޓްރެކްޓަރާ ހަވާލުކުރެވިފައިނުވާ ކަމަށެވެ. އަދި މަޝްރޫއު އިން މަގުގެ މަސައްކަތް އުނިކުރަން ޖެހުނު ނަމަވެސް، އެ މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

“މިކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަމެވެ. އަދި މިމަހު 17 ގެ ކުރިން މިކަމަށް ހައްލެއް ލިބިއްޖެ ނަމަ، އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެއެވެ. އަދި ބިން ހުސްނުކުރެވި މި ޕްރޮޖެކްޓުން ކުރިއަށްގެންދެވޭ ގޮތް ނުވެއްޖެ ނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ވާހަކަވެސް ދަންނަވަމެވެ..،” މިނިސްޓަރު ވިދާޅުވިއެވެ.

އުންމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އެ އިމާރާތް ހުސްކުރެވި، ކޮންޓްރެކްޓަރާ ވީހާވެސް އަވަހަކަށް ހަވާލުކުރެވޭ ގޮތްވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 28 at 15.45.09 (1)

ތިނަދޫ ކޯލްޑް ސްޓޯރޭޖް މަޝްރޫއުގެ ސިވިލް މަސައްކަތްތަކުގެ ބޮޑު ބައެއް ނިމިއްޖެ

WhatsApp Image 2026 09 28 at 15.45.09

ގައްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ދަރަވަންދޫ ބަނދަރުގެ 68 އިންސައްތަ ނިމިއްޖެ

މިރޭ ބައިނަލްއަޤްވާމީ ރަހްމަތްތެރި ކަމުގެ ފުޓްބޯޅަ މެޗެއް: ރާއްޖެ – ކިރްގިސްތާން