ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިމަންދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ

Whatsapp image 2025 04 04 at 10.27.53
އަލިފާން ރޯވި ލޯންޗު ހިމަންދޫ ފަޅުތެރެއަށް އަޑިއަށް ގޮސްފައި — ފޮޓޯ: ޕޮލިސް
Maldivian_Ads
TTH_Ads
STO_Ads
Advertisement

އއ. ހިމަންދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ހިމަންދޫ ބަނދަރުގައި އޮތް “ކައެލް ވިންގް” ނަމަކަށް ކިޔާ ލޯންޗެއްގައި އަލިފާން ރޯވެފައިވާ މައްސަލައެއް މިއަދު ހެނދުނު 5:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި ލޯންޗުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ ފުލުހުންނާއި ހިމަންދޫ ކައުންސިލާއި ރަށުގެ އާންމުން ގުޅިގެން ކުރި މަސައްކަތުން މިއަދު ހެނދުނު 6:26 ހާއިރު ކަމަށެވެ.

އެ ހާދިސާ ހިނގި އިރު، ލޯންޗުގައި ކެޕްޓަނާއި ދެ ފަޅުވެރިން އަދި ކުޑަކުއްޖެއް ހުރި ކަމަށާއި ފަޅުވެރިންނަށް ކޮންމެވެސް ވަރަކަށް އަނިޔާވި ނަމަވެސް، ބޮޑު އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

HajjCop_ads
Advertisement

ފުލުހުން ބުނީ އަލިފާން ރޯވި ލޯންޗު ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި މިހާރު އެ ލޯންޗު ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ.

އެ ލޯންޗުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވާ އިރު، ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މ. ދޫގަސްވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާ ތިން މީހަކަށް އަނިޔާވެެއްޖެ

Photo 6053157024305976197 y

ހެންވޭރު ގެއެއްގެ ހަތްވަނަ ފަންގިފިލާގައި އަލިފާން ރޯވެ އެޕާޓްމަންޓް ބޭނުންނުކުރެވޭ ވަރަށް އަަންދައިފި

Igmh

ހިޔާ ފްލެޓްގެ 8 ވަނަ ޓަވަރުގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި

Io

ގަލޮޅުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް