ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިލަންދޫގެ ނަރުދަމާ ނިޒާމުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ: މަތީން

Matheen Mwsc
އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަޠީން މުޙައްމަދު
STO_Ads
TTH_Ads

ފ. ނިލަންދޫގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލްމަތީން މުޙައްމަދު ހާމަކުރައްވައިފިއެވެ.

ނިލަންދޫގެ ނަރުދަމާ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން އެމްޑީ މަތީން ވިދާޅުވީ، މިހާރު އެރަށުގައި ޤާއިމުކޮށްފައިވާ ވެކިއުމް ނަރުދަމާ ނިޒާމުގެ ބަދަލުގައި އެންމެ ޒަމާނީ ގްރެވިޓީ ނަރުދަމާ ނިޒާމެއް ތަޢާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ. މި އައު ނިޒާމަކީ މިހާރު ދިމާވަމުންދާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނެސްދޭނެ ނިޒާމެއް ކަމުގައި އެމްޑީ ފާހަގަކުރެއްވިއެވެ.

އައު ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތަށް ބޭނުންވާ ބިންތައް ކަނޑައެޅުމާއި، ލޭންޑް ސާރވޭ އަދި ޓޮޕޮގްރަފިކް ސާރވޭގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑީ މަތީން ހާމަކުރެއްވިއެވެ. އަދި ޑިޒައިން ނިންމުމަށްފަހު، ކަމާބެހޭ އިދާރާތަކުގެ ހުއްދަތައް ހޯދުމަށްފަހު މެއި މަހުގެ ތެރޭގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

Maldivian_Ads

މި މަޝްރޫޢު ނިންމުމަށް ރޭވިފައިވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް އެމްޑީ މަތީން އިތުރަށް ހާމަކުރެއްވިއެވެ. މި އައު ނިޒާމު ޤާއިމުކުރުމާއެކު، ނިލަންދޫގެ ރައްޔިތުންނަށް ދިމާވަމުންދާ ނަރުދަމާގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MWSC

ފެން ބިލުގެ ޖޫރިމަނާތައް ޝަރުތުތަކަކާއެކު މަޢާފްކޮށްދޭން ނިންމައިފި

MWSC Advertisement

ނުދެއްކި ގިނަ ދުވަސްވެގެން ފެން ބިލްތަކަށް އަރާފައިވާ ޖޫރިމަނާތައް މައާފްކޮށްދެނީ

Stelco fahumy

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަހުމީ

43

އެމްޑަބްލިއުއެސްސީގެ އެމްޑީކަމުން މަތީން އިސްތިއުފާދެއްވައިފި