މަޑުއްވަރީގައި ހިނގި މާރާމާރީގެ ހާދިސާއާ ގުޅިގެން އެއް ފަރާތެއް ހައްޔަރުކުރެވިއްޖެއެވެ.

ރ. މަޑުއްވަރީގައި ދެ ފަރާތެއްގެ ދެމެދުގައި ހިނގި މާރާމާރީގެ މައްސަލައެއް އިއްޔެ ރޭ 11:28 ގައި ފުލުހުންގެ ސަމާލުކަމަށް ގެނެވުނެވެ. މި ހާދިސާއާ ގުޅިގެން، 35 އަހަރުގެ ދިވެހި ފިރިހެނަކު ތުހުމަތުގައި ހައްޔަރުކުރައްޔަރުކުރެވި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މި މާރާމާރީގައި އަނިޔާ ލިބުނު ފަރާތަށް ރަށުގެ ޞިއްޙީ މަރުކަޒުން ބޭސްފަރުވާ ފޯރުކޮށްދީފައިވާ ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައިގެ އިތުރު ތަފްސީލުތައް މި ވަގުތު ހާމަކުރެވިފައި ނުވިނަމަވެސް، ފުލުހުން ވިދާޅުވެފައިވަނީ މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިއަށްދާ ކަމަށެވެ.