ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮންމެ ފުލުހަކީ ހުވަޔަށް ވަފާތެރި، ހިދުމަތްތެރި، އޯގާތެރި، އަގުހުރި ދަރިޔަކަށްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

Gj1apucxuaap35u
ރައީސް ޑރ. މުހައްމަދު މުއިއްޒު ފުލުހުންނާ ބައްދަލުކުރެއްވުން —
TTH_Ads
STO_Ads

ދިވެހި ކޮންމެ ފުލުހަކީ، ހުވަޔަށް ވަފާތެރި، ދީނަށް ހުރުމަތްތެރި، ގައުމަށް ހިދުމަތްތެރި، ކޮންމެ ރައްޔިތަކާ މެދު އޯގާތެރި، ވާޖިބު އަދާކުރުމަށް ފަރުވާތެރި އަގުހުރި ދަރިޔަކަށްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ މީގެ 92 އަހަރު ކުރީން، 1933 ވަނަ އަހަރުގެ މި ދުވަހު، ގާނޫނަކުން ބާރު ލިބިގެން ފުލުހުންގެ ހިދުމަތް ރާއްޖޭގައި ގާއިމުވުމުގެ ކުރީންވެސް، އަމަން ބެލެހެއްޓުމާއި، ކުށް ކުރުން މަދުކޮށް، އުސޫލުތަކާ ހިލާފުވުން ހުއްޓުވުމަށް ވެރިކަމުގެ ފަރާތުން ކަނޑައަޅާފައިވާ ބަޔަކު ރާއްޖޭގައި އަބަދުވެސް ތިބިކަން ދިވެހި ތާރީހުގެ ފަތްފުށްތަކުން ކަށަވަރުކޮށްދޭ ކަމަށެވެ.

އެހެންކަމުން، މިނިވަންކަމާއެކު ދިވެހި ވެރިކަން ދެމިއޮތް ކޮންމެ ޒަމާނަކުވެސް ކޮންމެވެސް ސިފައެއްގައި ފުލުހުންގެ ފަރާތުން މި ދޭ ހިދުމަތްތައް، ގައުމަށާއި ރައްޔިތުންނަށް ކެނޑިނޭޅި ލިބެމުން ދިޔަކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads

“އަޅުގަނޑުގެ އިހުލާސްތެރި އިލްތިމާސަކީ، ދިވެހި ކޮންމެ ފުލުހަކީ، ހުވަޔަށް ވަފާތެރި، ދީނަށް ހުރުމަތްތެރި، ގައުމަށް ހިދުމަތްތެރި، ކޮންމެ ރައްޔިތަކާ މެދު އޯގާތެރި، ވާޖިބު އަދާކުރުމަށް ފަރުވާތެރި އަގުހުރި ދަރިޔަކަށް ވުމެވެ. ދިވެހީން އަބަދުމެ ފަހުރުވެރިވާނެ އަގުހުރި ހިދުމަތްތަކެއް، ދިވެހި ފުލުހުންގެ ފަރާތުން ރެޔާއިދުވާލު މި ގައުމަށް ދެއްވަމުން ގެންދެވުމެވެ..،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ މޮޓޯއަކީ، ރައްޔިތުންނާއި ގައުމު ހިމާޔަތް ކުރުމާއި، ރައްޔިތުންނާއި ގައުމަށް ހިދުމަތް ކޮށްދިނުން ކަމަށާއި އެ މޮޓޯއާ މެދު ފުންކޮށް ވިސްނައިލުމުން، ފުލުހުންގެ ގައުމީ ވާޖިބަކީ، ކޮންމެ އުމުރުފުރާއެއްގެ ކޮންމެ ރައްޔިތަކާވެސް ގުޅިފައިވާ ހިދުމަތެއްކަން އެނގޭ ކަމަށެވެ.

ދިވެހި ކޮންމެ އާއިލާއަކަށް އަމާންކަމާއި ރައްކާތެރިކަން ލިބިދީ، މަގުތަކާއި އާއްމު ކޮންމެ ތަނެއްގައި އުސޫލުތައް ހިފަހައްޓައި، ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި މުޖުތަމައެއް ދެމެހެއްޓުމަށްޓަކައި ރެޔާއިދުވާލު ފުލުހުންގެ ލޯތައް ހުޅުވި ތައްޔާރީ ހާލަތުގައި އަބަދުމެ ތިބޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

“ހިދުމަތުގެ ހަޔާތުގައި ދިވެހި ފުލުހުން މިހާތަނަށް ވޭތުކުރި ކޮންމެ ދުވަހަކުވެސް، ހަވާލުވެފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑެތި ގުރުބާނީތަކެއް ވަނީ ވެފައެވެ. ހުޠޫރަތްތެރި އެތައް ވަގުތަކާ ފުލުހުން ވަނީ ކުރިމަތިލައިފައެވެ. ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކޮށްދިނުމުގައި، އަމާންކަން ގާއިމުކޮށްދިނުމުގައި، އަދި ކުށުގެ ވެށީން މުޖުތަމަޢު ސަލާމަތްކޮށްދިނުމުގައި، ލިބިފައިވާ ތަމްރީނުތަކާއި ތަޖުރިބާގެ ބޭނުން ހިފައިގެން ބޮޑެތި އެތައް ކާމިޔާބީއެއް ވަނީ ހޯދައިފައެވެ..،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ވާޖިބު އަދާކުރުމުގައި ފުލުހުން އަބަދުމެ ދެމިތިބެނީ، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށާއި ކިތަންމެ ގިނަ ވަގުތެއް މަސައްކަތުގައި ހޭދަކުރަން ހާލަތު މެދުވެރިކުރި ނަމަވެސް، ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް ފަސްޖެހުމެއް ނެތި ކަމަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

361291 3b8f31e3 7

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލާޝިޕް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

459159 2f5aaab5 9

ވަޒީރުންނަށް ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި

raees muiz

21 ދުވަހުގެ ތެރޭގައި ޖުމުލަ 924 މިލިޔަން ޑޮލަރުގެ ދަރަނި ދެއްކިއްޖެ: ރައީސް

Raees muiz

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މެންޓަލް ހޮސްޕިޓަލް އިމާރާތްކުރަން ނިންމައިފި