ތެލަސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކޮށްފިއެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކުރިމަތީގައި މިރޭ މުޒާހަރާކޮށްފައިވަނީ، އެ ސާވިސްގެ މައްސަލަތަކާ ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި އެ މައްސަލަތަކާ މަޝްވަރާކުރުމަށް އެމްބީއެސްގައި ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. ތެލަސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ފެށިގެންދިޔައީ އެ ބައްދަލުވުމަށްފަހުއެވެ.

އިޝްތިހާރު އިޝްތިހާރު

އެމްބީއެސްގެ ހިދުމަތްތަކުގެ މައްސަލަތައް ސޯޝަލް މީޑިއާގައި ދާދިފަހުން ވަނީ ފެތުރެން ފަށައިފައެވެ. އެގޮތުން އެންމެ ބޮޑަށް މީހުން ފާހަގަކޮށްފައިވަނީ އެތަނުގައި ލޭ ދިނުމަށް ބޭނުންކުރާ ފިލްޓަރުތަކުގައި މައްސަލަ ހުރުމާއެކު، ލޭ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކެވެ. އެގޮތުން ފިލްޓަރު ގޯސްވުމުން ލޭ އަޅާފައިވާ ހުންނަ ބައެއް ޕެކެޓުުތައް އިސްރާފުވެ، އަލުން ލޭ ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭކަން ބައެއް މީހުން ފާހަގަކުރެއެވެ.

އެ މައްސަލައާ ގުޅޭގޮތުން އެމްބީއެސްގެ އިތުރުން ހެލްތު މިނިސްޓްރީގެ ބަހެއް ވެސް އަދި ލިބޭގޮތެއް ނުވެއެވެ.