ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރު ހަލީލު، ޖައިޝަންކަރުއާ ބައްދަލުކުރައްވާފައި މިވަނީ ރައިސިނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހަލީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމުގެ ގުޅުން ކުރިއަށް ގޮސްފައިވާ ހިސާބަށް ދެ ބޭފުޅުން އަލިއަޅުވާލެއްވި ކަމަށެވެ. ނަމަވެސް ދެ ބޭފުޅުން ވެސް ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.