ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަގިރި ދޫނިއާ ރެކް ރަސްމީކޮށް ހުޅުވައިލައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ކ. ކުޑަގިރީގެ ފަޅުތެރޭގައި އެއާ މޯލްޑިވްސްގެ ދުވަސްވީ ޑޯނިއާ 228 މަރުކާގެ ދެ މަތިންދާބޯޓު ފައްތައި، “ކުޑަގިރި ދޫނިއާ ރެކް” ގެ ނަމުގައި އައު ޑައިވް ސައިޓެއް މިއަދު ރަސްމީކޮށް ހުޅުވައިލައިފިއެވެ.

މި މަޝްރޫޢު ތަރައްޤީކުރުމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގުޅިގެން މަސައްކަތްކޮށްފައިވެއެވެ.

މި ތާރީޚީ އިވެންޓުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އަލްފާޟިލް ތާރިޤު އިބްރާހީމް އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު މައުރޫފް ޖަމީލު ބައިވެރިވެ ވަޑައިގެންނެވިއެވެ.

HajjCop_ads
Advertisement

މި ސައިޓް ބެލެހެއްޓުމުގެ ޒިންމާ އެޗްޑީސީއާ ހަވާލުކުރެވިފައިވެއެވެ. “ކުޑަގިރި ދޫނިއާ ރެކް” މި ނަން ދެވިފައިވަނީ ދިވެހިބަހުގެ “ދޫނި” ލަފްޒާ ގުޅުވައިގެންނެވެ. މިއީ ރާއްޖޭގެ އޭވިއޭޝަން ތާރީޚުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ދެ މަތިންދާބޯޓު ފައްތައިގެން ތަރައްޤީކޮށްފައިވާ ސައިޓަކަށްވާތީ، “އުދުހުން” ރަމްޒުކޮށްދޭ ގޮތަށް ނަންދެވިފައިވާކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.

މި ދެ މަތިންދާބޯޓާއެކު، މި ސަރަޙައްދަކީ ރާއްޖޭގައި އޮންނަ ހަމައެކަނި އެއާކްރާފްޓް ރެކް ޑައިވް ސެންޓަރެވެ.

ބޯޓުތައް ފައްތާފައިވަނީ ފުރިހަމައަށް ސާފުކުރުމަށްފަހު، އޮޔާއި ރާޅުގެ އަސަރު ކުޑަވާނެހެން ރޭވިގެންނެވެ. އަދި ބޯޓުތައް ރައްކާތެރިކުރުމަށްޓަކައި ކޮންކްރީޓު ބަރުތަކެއް ހަރުކުރެވިފައިވެއެވެ.

މީގެއިތުރުން، މި ސައިޓުގެ ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި އެޗްޑީސީން މުރަކަ އިންދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޓީޑީސީގެ ޗެއާމަނަކަށް ޝަހީރު އައްޔަންކޮށްފި

HRjKDQraQAAleI6

ރެއިލިން ހަރުކުރަން އެއްދުވަސްތެރޭ 500އެއްހާ ފްލެޓުން އެދިއްޖެ

ހުޅުމާލޭގައި ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ ފުލުހުން އެޗްޑީސީއާއެކު ބައްދަލުވުމެއް

Viluntheri 1536x1024

200 ބައިވެރިން މި އަހަރުގެ ”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމް ފުރިހަމަކޮށްފި