ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލުން ނެރުނު ފްލެޓް ލިސްޓުގައި ހިމެނެނީ ކުރީގެ ލިސްޓުން ޝަރުތު ހަމަވާ މީހުން: ގެދޮރުވެރިކަމާބެހޭ ވުޒާރާ

TTH_Ads
STO_Ads
Advertisement

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި މުހިއްމު ނުކުތާތަކެއް ފާހަގަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި:

1. ފްލެޓް ލިސްޓު ރިވިއުކޮށްފައިވަނީ ކުރީ ސަރުކާރުގެ ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިނާ އެއްގޮތަށެވެ.

2. އޭސީސީން ފާހަގަކުރެއްވި ގޮތުގައި ފްލެޓް ލިބުނު 59.6% މީހުންގެ ޝަރުތު ހަމަނުވެއެވެ.

MMA_Ads
HajjCop_ads
Advertisement

3. އަލުން ނެރުނު ލިސްޓުގައި ހިމެނެނީ ކުރީގެ ލިސްޓުގައި ހިމެނުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކެވެ.

4. ފްލެޓް ލިބިފައިވާ އެއްވެސް ފަރާތަކަށް ކަނޑައަޅާފައިވާ ފްލެޓް މިހާތަނަށް އެހެން ފަރާތަކަށް ހަމަޖައްސާފައެއް ނުވެއެވެ.

5. މާލޭގައި ރަށްވެހިވެފައިވާ ފަރާތެއް ރަށްވެހިވެފައިވާތާ 15 އަހަރު ވެފައިވާނަމަ ޑިސްކޮލިފައި ނުވާނެއެވެ.

6. ވެރިފިކޭޝަން މަސައްކަތުގައި މީހެއްގެ ފޯމެއް ގޯސްކޮށް ބެލިފައި އޮތްނަމަ އެކަން ރަނގަޅު ކުރުމަށް ފުރުޞަތު ދެވިފައިވެއެވެ.

7. ދެމަފިރިން ޝަރުތުހަމަވާނަމަ އެދެފަރާތަށް ވަކިން 2 ފްލެޓެއް ނުލިބޭނެއެވެ.

8. ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުޞަތު ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެއެވެ.

މި ބަޔާނުގައި ވުޒާރާއިން ފްލެޓް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ގޮތާއި، އެކަމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ޙައްލުކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައިވެއެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

މާލޭގެ އާ ވެޓް މާރުކޭޓު މަޝްރޫއު ފެށުން ލަސްވަނީ ބިން ހަވާލުކުރުން ލަސްވުމުން

hulhumale

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިޔާއަށް ފްލެޓަށް ކުރިމަތިލެވޭނެ

HGu5OhLbUAArpi9

މާލޭގައި 500 ހައުސިންގ އަޅަން ޗައިނާއާއެކު އެއްބަސްވުމެއް

988

ތުޅާދު އާއި ވިލުފުށީގެ ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި