ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވަނިކޮށް އެމްޑީޕީ ވެރިކަމުގައި ކެންސަލްކުރި މީހުންނަށް ފުރަތަމަ މަޝްރޫޢު އިން ފުލެޓްލިބޭނެ: މުއްތަލިބް

STO_Ads

ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވަނިކޮށް އެމްޑީޕީ ވެރިކަމުގައި ކެންސަލްކުރި މީހުންނަށް ފުރަތަމަ މަޝްރޫއުން ފުލެޓްލިބޭނެ ކަމަށާއި ވީހާވެސް އަވަހަށް 10,000 ހައުސިން ޔުނިޓް ހިމެނޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި އޭގެ ތެރެއިން 4,000 ހައުސިން ޔުނިޓްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިރޭ އޮތް “އަހާ” ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ގެދޮރުވެރިކަަމުގެ މައްސަލައަށް ހަޤީޤީ ހައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން 10,000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަަމަށާ ވަރަށް އަވަހަށް 4,000 ހައުސިން ޔުނިޓް, ގުޅީފަޅުގައި ފެށޭނެ ކަމަށެވެ.

Maldivian_Ads

ވަޒީރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހިޔާ މަޝްރޫއުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދިން ބައެއް މީހުންނަށް ރައީސް ސޯލިހްގެ ސަރުކާރުން ފްްލެޓް ނުދިން ކަމަށެވެ. އެހެން ކަމުން މި ސަރުކާރުން އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫޢުއަކުން އެ މީހުންގެ ތެރެއިން މިވަގުތު ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވާފައިވާ ކަމަށެވެ.

އެ އެންގެވުމާއި އެއްގޮތަށް އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫޢުއަކުން އެ މީހުންނަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވަޒީރު ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީ ކުރަމުން އަންނަ 4،000 ހައުސިން ޔުނިޓް ލިބޭ މީހުން ކުރީ ސަރުކާރުން ކަނޑައެޅިއިރު އިތުރަށް ޕޮއިންޓް ދީގެން 1000 މީހުން ލިސްޓަށް އަރުވާފައި އެބަތިބި ކަމަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ތުޅާދު އާއި ވިލުފުށީގެ ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

minister muthalib

ހުޅުމާލޭ ފޭސް ތިނެއްގައި 2000 ފުލެޓު ހެދުމަށް ހަތް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅައިފި

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި، 2028ގެ މެދުތެރޭ ނިންމައިލެވޭނެ

hulhumale

މާލެ ސަރަހައްދުން ފްލެޓާއި ބިން ދޫކޮށްލުމުގައި އަމަލުކުރާނެ އުސޫލު ސަރުކާރުން އާންމުކޮށްފި