ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސިފައިން ތިބީ ތައްޔާރީ ހާލަތުގައި: ޗީފް އޮފް ޑިފެންސް ފޯސް

TTH_Ads
Maldivian_Ads
STO_Ads
Advertisement

މިހާރުގެ ވިއްސާރައާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސިފައިން ތިބީ ފުރިހަމަ ތައްޔާރީ ހާލަތުގައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަޔާނެއްގައި މޭޖަރ ޖެނެރަލް ހިލްމީ ވިދާޅުވީ، ވިއްސާރައާ ގުޅިގެން ދުރާލާ ތައްޔާރުވެ، ފެން ހިންދުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށެވެ. މިގޮތުން މިހާތަނަށް 17 ޕަމްޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާތަނަށް 5,000 ޓަނުގެ ފެން ވަނީ ބޭރުކުރެވިފައި ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

“އޭގެ އިތުރުން، 58 ގެ ހިމެނޭ ގޮތަށް 458 ވެލިބަސްތާ މިހާރު ވަނީ ޖަހައިދެވިފައި. މާލެއަށް ކުރާ ވިއްސާރައިގެ އަސަރު މި ސަރަހައްދުގެ އެހެން ރަށްތަކަށްވެސް ކުރަމުންދާތީ، އަޅުގަނޑުމެން އެ ރަށްތަކުގައިވެސް ހަރަކާތްތެރިވާން ފަށައިފިން،” މޭޖަރ ޖެނެރަލް ހިލްމީ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މާލޭގެ އިތުރުން މާލެ އަތޮޅުގެ ތިން ރަށެއްގައި އެމްއެންޑީއެފްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ކ. ހުރާ، ކ. ހިންމަފުށި އަދި ކ. ގުރައިދޫގައި ހަރަކާތްތެރިވަމުންދާއިރު، ކ. ތުލުސްދޫއަށްވެސް އެހީވުމަށް މިހާރު އެމްއެންޑީއެފްގެ ޓީމުތައް ދަތުރުކުރަމުންދާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މޭޖަރ ޖެނެރަލް ހިލްމީ އިތުރަށް ވިދާޅުވީ، ސިފައިން ތިބީ އަތޮޅުތެރޭގައިވެސް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އިޖާބަ ދިނުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. މިގޮތުން ހުރިހާ އޭރިއާ ކޮމާންޑްތަކެއް ވަނީ އެކްެކްޓިވޭޓްކުރެވިފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިފައިންގެ ބަހާއެއްގެ ގޮތުގައި ހިންގަމުންދާ ކޯސްޓް ގާޑުވެސް ވަނީ ކަނޑުމަތީގެ ހާދިސާތަކަށް ފުރިހަމައަށް ތައްޔާރުވެފައެވެ. މޭޖަރ ޖެނެރަލް ހިލްމީ ވިދާޅުވީ، މިހާތަނަށް ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ރިޕޯޓުކޮށްފައި ނުވިނަމަވެސް، މޫސުމާބެހޭ އިދާރާއިން ދޭ އިރުޝާދުތަކަށް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

moosun

40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ: މެޓް އޮފީސް

moosun

މިއަދުވެސް މޫސުން ގޯސް، ބައެއް އަތޮޅުތަކަށް ރީނދޫ އެލާޓް

moosun

ފުވައްމުލަކާއި އައްޑޫއަށް އޮރެންޖު އިންޒާރު ނެރެފި

moosun

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސް