ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ލިބިވަޑައިގަތް ފްލެޓް ދޫކޮށްލައްވައިފިއެވެ.

ހައިދަރު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާ އާއި އަނބިކަނބަލުން މަރިޔަމް ތައުފީގާ އަށް ވުރެ ބޮޑަށް އެ ސްކީމުން ފްލެޓު ހައްގުވާ އެތައް އާއިލާއެއް ތިބޭނެ ކަަމަށެވެ.

"ވީމާ މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނުހަނު ތާއަތާއި އިހުތިރާމާ އެކު ދެންނެވީމެވެ،" ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި ހައިދަރުގެ ބަޔާނުގައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ހައިދަރަށް ފްލެޓް ލިބުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދާފައެވެ.

ގެދޮވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި 15 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅެފައިވުމަކީ އަސާސީ ޝަރުތެކެވެ.

އެކަމާ މެދު ސުވާލު އުފައްދަމުން ގެންދަނިކޮށް، ހައިދަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ، މިހާރު ހުންނެވި ހައިސިއްޔަތުގެ ގޮތުން، ފްލެޓު ލިބިވަޑައިގެންނެވުމަށް އުޒުރުވެރިވާ ކަމަށެވެ.