"ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" މުބާރާތުގެ ޗެމްޕިއަންކަން ކ. ކާށިދޫ ކާމިޔބުކޮށްފިއެވެ،

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފުގެ ޝަރަފުވެރި ހާޒިރީގައި، "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" މުބާރާތުގެ ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތު ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ބޭއްވިއެވެ.

ފައިނަލް މެޗުގައި ކ. ކާށިދޫ އާއި ހދ. ނައިވާދޫ ބައްދަލުކުރިއެވެ. މި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކ. ކާށިދޫ އިންނެވެ. ޗެމްޕިއަން ޓީމަށް މެޑެއްޔާއި ޓްރޮފީ ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ.

އިޝްތިހާރު އިޝްތިހާރު

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ "ކިންގ އޮފް ފުޓްސަލް" ގެ މަޤާމަށް ހޮވުނު ކާށިދޫ ޓީމުގެ ކީޕަރު، މުޙައްމަދު ސަލީލްގެ ބޮލުގައި ނައިބު ރައީސް ތާޖު އަޅުއްވައިދެއްވިއެވެ.

"ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" އަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން އިންތިޒާމުކުރާ ފުޓްސަލް މުބާރާތެކެވެ. މިދިޔަ މަހުގެ 6 ވަނަ ދުވަހު ފެށުނު މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 128 ޓީމަކުން ވާދަކުރިއެވެ.