ރައީސުލްޖުމްހޫރިއްޔާ ޑޔާ ޑރ. މުޙައްމަދު މުޢިއްޒު: އޭޕްރީލް 15 އިން ފެށިގެން ބޭހުގެ ދަތިކަން ފިލައި، ހުރިހާ ބާވަތެއްގެ ބޭސް ލިބެން ފަށާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުރިހާ ބާވަތެއްގެ ބޭސް އެކަށީގެންވާ އަގުގައި އެސްޓީއޯ ބޭސްފިހާރަތަކުން ލިބެން ފަށާނެ ކަމަށެވެ. ދ. މީދޫގައި ދެއްކެވި ވާހަކަފުޅުގައި ރައުޅުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު ދިމާވެފައިވާ ބޭހުގެ ދަތިކަމަކީ ބޭހުގެ އަގު ދަށްކުރުމާ ގުޅިގެން ބައެއް ވިޔަފާިޔަފާރިވެރިން ސަރުކާރަށް ދަތިކުރުމުގެ ގޮތުން ބޭސް އެތެރެކުރުން މަދުކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލައެކެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި:

އިޝްތިހާރު އިޝްތިހާރު

1. މާރިޗް 15 އާ ހަމައަށް އެމްއެފްޑީއޭގެ އެސެންޝިއަލް މެޑިކަލް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ލިބެން ފަށާނެއެވެ.
2. އޭޕްރީލް 15 އިން ފެށިގެން އެހެނިހެން ހުރިހާ ބާވަތެއްގެ ބޭސް ލިބެން ފަށާނެއެވެ.
3. ސަރުކާރުން ބޭހުގެ އަގު ތިރިކޮށް، އިސްރާފު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވެއެވެ.
4. މި ބަދަލުތަކާ ގުޅިގެން އަހަރަކު 500 މިލިއަން ރުފިޔާ ސަލާމަތްކުރެވި، އެ ފައިސާ ތަރައްގީގެ މަޝްރޫޢުތަކަށް ބޭނުންކުރެވޭނެއެވެ.

ރައީސް އަދި ވިދާޅުވީ، ސަރުކާރުން ކުރިއަށް އޮތްތަނުގައިވެސް "މެޑިކަލް މާފިޔާ" އަށް ބޭސް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، ރައްޔިތުންނަށް ދަތިވާ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމުގައިވެސް ވިދާޅުވިއެވެ.